ބެންގްވީރު ހައްޔަރު ކުރުމަށް އައިސިސީން އަމުރެއް ނެރެނީ

ޔަހޫދީންގެ ތާކިހާ އެޅި ކުރުދީ ދަރިކޮޅުގެ ޤައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެންގްވީރު ބުނަނީ، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އޭނާއާ ދެކޮޅަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް ތައްޔާރުވަމުންދާ ކަން އެނގޭ ކަމަށެވެ. އެކަމަކުވެސް އެކަމުން އޭނާގެ ސިޔާސީ ޕްލޭންތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

އޭނާގެ ޕްލޭންތަކުގެ މައިގަނޑު އަމާޒަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހިފފައިވާ ބިންޔަކުގައި ޔަހޫދީން އާބާދު ކުރުމުގެ ޕްލޭނެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގައި ބިން ހިފައި ނާޔަހުޒީބު ޔަހޫދީން ވަޒަންވެރި ކުރަމުން ދަނީ މި ކަލޭގެއެވެ.

"ދަ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރަށް އަހަރެންގެ ސާފު މެސެޖެއް އެބައޮތް: އެއްވެސް ބާވަތެއްގެ ހައްޔަރު ކުރުމުގެ އަމުރަކުން އިޒްރޭލުގެ ރައްޔިތުންނާއި އިޒްރޭލުގެ ބިމަށްޓަކައި އަހަރަމެން ޔަހޫދީން ހިންގާ ޖަރީމާތައް ހުއްޓުވައެއް ނުލެވޭނެ،" އޭނާ އެކްސްގައި ބުންޏެވެ.

"ދަ ހޭގްގެ ޕްރޮސެކިއުޓަރު އަހަރެންނަކަށް ބިރެއް ނުދައްކައޭ،" އޭނާ ބުންޏެވެ. "އަހަރެންގެ ޔަހޫދީން ރައްކާތެރިކުރުމަށް ޓަކައި އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، އެކަމުގެ ސަބަބުން އަހަރެންނާ ދެކޮޅަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރުނު ކަމުގައި ވިޔަސް ހެޔޮ". ކަމަށެވެ.

އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް ޚާން ދަނީ، ބެންގްވީރު އަދި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ހައްޔަރު ކުރުމަށް އަމުރު ތައްޔާރު ކުރަމުންނެވެ. ދަ ވޯލް ސްޓްރީޓް ޖަރނަލްގައި އެކަން ޔަގީން ކޮށްދީފައި ވެއެވެ.

ފާއިތުވި އަހަރު، އައިސީސީ އިން ވަނީ ޔަހޫދީންގެ މުޖުރިމު ނެތަންޔާހޫ، އަދި އޭރުގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓަށް ހަނގުރާމައިގެ ކުށްތަކާ ގުޅިގެން ހައްޔަރު ކުރުމަށް އަމުރެއް ނެރެފައެވެ.

ހިއްސާ ކުރައްވާ!