ޑިސެމްބަރު މަހު އާންމު އިންތިޚާބު ބޭއްވުމަށް 12 ޕާޓީން ތާއީދު ކުރޭ

ބަންގްލަދޭޝްގެ 12 ޕާޓީގެ އިއްތިހާދުގެ ލީޑަރުން ވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާންމު އިންތިހާބު ބޭއްވުމަށް ގޮވާލާފަ އެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އިއްތިހާދުގެ ތަރުޖަމާނު ޝަހާދަތު ހުސައިން ސަލީމް ވިދާޅުވީ ޑިސެމްބަރު މަހު އާންމު އިންތިޚާބު ބާއްވަން ޑިމޮކްރެޓިކް ހުރިހާ ޕާޓީތަކުން ވެސް ފާއިތުވި ނުވަ މަސް ދުވަހު ޑިމާންޑް ކުރަމުން ގޮސްފައިވާ ކަމަށެވެ.

ޖަޕާނުގައި ބޭއްވި ނިއްކޭ ފޯރަމްގައި ޑރ.ޔޫނޫސް ދެއްކެވި ވާހަކަފުޅު ދޮގު ކުރައްވާފައެވެ. ޔޫނުސް ވިދާޅުވީ ޑިސެމްބަރު މަހު އާންމު އިންތިޚާބު ބޭއްވުމަށް ބާރުއަޅަނީ އެންމެ ޕާޓީއަކުން ކަމަށެވެ.

12 ޕާޓީގެ އެ ޖަމާއަތުން ވަނީ ޔޫނުސް ހަގީގަތް އޮޅުވާލައްވަނީ ކަމަށް ބުނެފައެވެ. އަދި އިންތިހާބު ލަސްކުރުމަށް ފަންޑަމަންޓަލިސްޓް އަދި މަގުބޫލުކަން ކުޑަ ސިޔާސީ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޔޫނުސް، ރައްޔިތުންގެ ޑިމޮކްރެޓިކް އުންމީދުތަކަށް ފަރުވާލެއް ނުބަހައްޓަވައި މަކަރާއި ހީލަތުން ވެރިކަން ހިފަހައްޓަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވސް އެބޭފުޅުން ވިދާޅުވި އެވެ.

އެ އިއްތިހާދުން ބުނަނީ ޑރ. ޔޫނުސްއާ ކައިރީގައި މިހާރު ތިބީ ޑިމޮކްރެޓިކް ހަރަކާތްތަކަށް ތާއީދު ނުކުރާ އަދި ވޯޓު އޮޅުވާލުމުގެ މާޒީއެއް އޮތް ބައެއް ކަމަށެވެ. އަދި އެމީހުން ހިމެނުމަކީ 1971 ވަނަ އަހަރުގެ މިނިވަން ހަނގުރާމައާއި 1990 ވަނަ އަހަރު އިރްޝާދާ ދެކޮޅު ހަރަކާތުގައި ބައިވެރިވި ޕާޓީތަކަށް އިހުތިރާމް ކުޑަ ކުރުމެއް ކަމަށްވެސް ބުނެއެވެ.

ޑިސެމްބަރު މަހު އާންމު އިންތިހާބު ބޭއްވުމަށް ސިފައިން ތާއީދުކުރާކަން ފާހަގަކޮށް، އިންތިގާލީ ސަރުކާރަށް ވަގުތުން އިންތިޚާބުގެ ރޯޑްމެޕެއް އިއުލާން ކުރުމަށް 12 ޕާޓީން އިލްތިމާސްކުރި އެވެ.ADV

ހިއްސާ ކުރައްވާ!