ދެންމެ އެތައް ތަނަކަށް ޔަހޫދީން ބޮންއަޅައިފި

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާ ހުރަސްކޮށް ސިލްސިލާ ވައިގެ ހަމަލާތަކެއް ދީ، ސިވިލް އިންފްރާސްޓްރަކްޗާ އާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާ ދީ އެތައް ބަޔަކު ޝަހީދު ކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ޚާން ޔޫނިސްގެ އިރުދެކުނު ސަރަހައްދުގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއް އަލް ކައުތަރު މިސްކިތަކަށާއި އެތަނާ ޖެހިގެން ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ލޯކަލް މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި އެ ސަރަހައްދުގައި ލިބުނު ގެއްލުންތަކާއި ގެއްލުންތަކުގެ ފުރިހަމަ މިންވަރު އަދިވެސް އެމަޖެންސީ ރެސްޕޮންޑަރުން ދަނީ ވަޒަން ކުރަމުންނެވެ.

ޣައްޒާގެ އުތުރުގައި އަބްދުލް ރަހުމާން ސްކޫލާ ދިމާލުގައި ހުރި ރެސިޑެންޝަލް ޓަވަރަކަށް ހަމަލާ ދީފައިވާއިރު، ހަމަލާއަށް ފަހު ވަގުތުން ކުރިމަތިވި ކަންތައްތައް ދައްކުވައިދޭ ފޫޓޭޖްތަކެއްގައި ދުންތައް ފެނިފައި ވެއެވެ. އަނެއް ހަމަލާ ހަމަ އެ ސަރަހައްދުގެ އައްނޫރު ޓަވަރަށް އަމާޒުކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔަހޫދީން ގެ ފަނާކޮށް ލުމުގެ މަންޒަރުތަކުން ދައްކުވައިދެނީ މަދަނީ އިންފްރާސްޓްރަކްޗަރަށް ކުރާ ބޮޑެތި އަސަރުތަކެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގެ ޖަބަލިއާ އަލްބަލަދުގެ މަސްކަތު ސްކޫލް ކައިރިއަށް ދިން ވައިގެ ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިމާރާތްތައް ފުނޑުފުނޑު ވެފައި ވަތަން ފެންނަ ކަމަށް ވެސް ބުނެ އެވެ.

ބައިނަލްއަގްވާމީ މުޖުތަމައުން ހާލަތު ގޯސްވަމުންދާ ގޮތް މޮނިޓަރ ކުރަމުންދާއިރު، ލޯކަލް އޮތޯރިޓީތަކާއި ރެސްކިއު ޓީމުތަކުން ދަނީ ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!