ހަމާސްގެ ރައްދު ބަލައެއް ނުގަނެވޭނެ: ވިޓްކޯފް
ވިޓްކޯފް ސަޕޯޓު ކުރަނީ އިޒްރޭލުން ބޭނުންވާ ގޮތަށް: އެމެރިކާގެ ކުރީގެ ޑިޕްލޮމެޓް ރޮބަރޓް ހަންޓަރ
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް ހުށަހެޅުއްވި ހުށަހެޅުމަށް އިޒްރޭލުން ރުހިފައި ވާއިރު ހަމާސްއާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އެހެނިހެން ޖަމާޢަތްތަކުން ވަނީ އެއަށް ބަދަލުތަކެއް ހުށަހެޅުމާއެކު ރައްދު ޖަވާބުދީފިއެވެ. މި ޖަވާބުގައި ހަނގުރާމަ ހުއްޓުވުމަށް 60 ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށް އެދިފައިވެއެވެ. އަދި އިސްރާއީލުން ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ދިނުމަށްވެސް އެދިފައިވެއެވެ.
އެ ޖަމާއަތްތަކުން އެގޮތަށް ހުށަހަޅާފައ ވަނީ ޔަހޫދީން ތަކުރާރުކޮށް މަކަރު ހަދައި އެއްބަސްވުމާ ޚިލާފް ވެފައިވާތީއެވެ.
މާޒީގައި ޔަހޫދީ ސަރުކާރުން އަހުދާ ޚިލާފްވެފައިވާއިރުވެސް ޔޫރަޕްގެ ގައުމުތަލަށް ބާރު އަޅާފައި ވަނީ ހަމާސަށް މި އެއްބަސްވުމަށް އެއްބަސްވުމަށް ބާރު އަޅާށެވެ. އަދި ސްޓީވް ވިޓްކޯފްވެސް ބުނެފައި ވަނީ ހަމާސްއަށް މިއަށް އެއްބަސްވުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ. ވިޓްކޯފަކީވެސް ނިއުޔޯކުގެ ޔަހޫދީ އެކެވެ.
މި ހުށަހެޅުމުގައި ހިފާފައިވާ ހަމާސްގެ މެހުމާން ދާރީގައި ތިބި އިޒްރޭލުގެ 10 ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަށާއި، 18 މަރުވެފައިވާ އަސީރުންގެ ގަބުރު އަނބުރާ ރައްދުކުރުމަށް ހުށަހަޅާފައިވެއެވެ. މިގޮތުން، ފުރަތަމަ ދުވަހު 4 ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަށާއި، 30 ވަނަ ދުވަހު 2 އަސީރުންނާއި އަދި 60 ވަނަ ދުވަހު 4 އަސީރުން ދޫކޮށްލުމަށް ހުށަހަޅާފައިވެއެވެ. އިޒްރޭލުން ބޮން އަޅައިގެން މަރާފައިވާ އަސީރުންގެ ގަބުރުތައް 10 ވަނަ ދުވަހު 6 ގަބުރު 30 ވަނަ ދުވަހު 6 ގަބުރު އަދި 50 ވަނަ ދުވަހު 6 ގަބުރު ރައްދުކުރުމަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަށް ސޮއިކުރުމާއެކު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އަސާސީ ވަސީލަތްތައް އަލުން ޤާއިމުކުރުމަށް ހަމާސްއިން އެދިފައިވެއެވެ. އަދި ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ބޭކަރީތައް އަލުން އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ވެއްދުމަށާއި، ރަފަހު ބޯޑަރުން ޣައްޒާގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ދިނުމަށްވެސް ހަމާސްއިން އެދިފައިވެއެވެ.
މިއިން އެއްވެސް ކަމެއް ޔަހޫދީން އެއްބަސްވެފައވާ އެއްބަސްވުމުގައި ނެތެވެ. ހަމާސްއިން ދެކެނީ ވިޓްކޯފް އެއްބަސްވުން އެކުލަވާފައިވަނީ ޔަހޫދީންނަށް ފަހިވާ ގޮތަށެވެ.
ހަމާސްއިން ހުށަހަޅާފައިވަނީ މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު އިސްރާއީލުގެ ސިފައިންގެ ހުރިހާ އުދުވާނީ ޖަރީމާތައް ހުއްޓާލަންވާނެ ކަމަށެވެ. އަދި ދުވާލަކު 10 ގަޑިއިރު، އަދި އަސީރުން ބަދަލުކުރާ ދުވަސްތަކުގައި 12 ގަޑިއިރު ވަންދެން އިސްރާއީލުގެ މަތިންދާބޯޓުތަކުގެ ޙަރަކާތްތައް ހުއްޓާލަންވާނެކަމަށްވެސް ބުނެފައިވެއެވެ.
ހަނގުރާމައަށްފަހު ޣައްޒާގެ ހިންގުމާ ގުޅޭގޮތުން ހަމާސްއާއި އެހެން ޖަމައަތްތަކުން ބުނެ ފައި ވަނީ ޓެކްނޮކްރެޓުންގެ މިނިވަން ކޮމިޓީއަކަށް ޣައްޒާ ހިންގުން ހަވާލު ކުރަން އެއްބަސްވާ ކަމަށެވެ.
އިޒްރޭލުން 7 އޮކްޓޯބަރުގެ ފަހުން ވަގަށް ނަގާފައިވާ ފަލަސްޠީނު މީހުންގެ ގެތެރޭން ދިރިތިބި މީހުންނާއި މަރުވެފައވާ މީހުންގެ މައުލޫމާތު ޔަހޫދީން ދިނުމަށް ވެސް ހަމާސްއިން އެދިފައި ވެއެވެ.
އަދި ދެ ފަރާތުންވެސް އެބައެއްގެ ބެލުމުގެ ދަށުގައިވާ މީހުންގެ ސިއްހަތާއި ފަރުވާއާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވައުދުވާންވެސް ހަމާސްއިން ވަނީ އެދިފައެވެ.
ހަމާސް އާއި ފަލަސްތީނުގެ ޖަމައަތްތަކުން އެދެނީ އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފް ގެ ބެލުމުގެ ދަށުން މިކަންކަން ގެންދިއުމަށާއި އަދި ޓްރަމްޕަށް މިކަން ދާ ގޮތް އަންގާފައި ބޭއްވުމަށެވެ.





