އިޒްރޭލުން ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމަށް ބައިޑެންގެ މަސްއޫލުވެރިޔާ ވިދާޅުވޭ

ކުރީގެ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދައުރުގައި ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނަކަށް މަސައްކަތްކުރެއްވި މެތިއު މިލަރ ވަނީ ޔޫކޭގެ ސްކައި ނިއުސް ޓީވީ އާ ވާހަކަ ދައްކަވަމުން އިސްރާއީލު ކުށްވެރި ކުރައްވާފައެވެ. "ޣައްޒާގައި އިސްރާއީލުން ހަނގުރާމައިގެ ކުށްތައް ކޮށްފައިވާކިވާކަމީ ޝައްކެއްވެސް ނެތް ޙަޤީޤަތެއް" މިލަރ ވިދާޅުވިއެވެ

ޣައްޒާގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާކަމުގެ ހެކިތައް އިތުރުވަމުންދިޔަ ނަމަވެސް، އިސްރާއީލަށް ވޮޝިންގްޓަނުން ދެމުންދިޔަ ހުއްޓުމެއްނެތް އެހީތެރިކަން ސާބިތުކޮށްދިނުމަށް އެއް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި މިލަރ ވިދާޅުވީ، "އިސްރާއީލު ދައުލަތުން ގަސްތުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ސިޔާސަތެއް ގެންގުޅެފައިވޭތޯ އެހުމަކީ ކުރެވިދާނެ ޖާއިޒު ސުއާލެއް" ކަމަށެވެ.

ވަކިވަކި ހާދިސާތަކުގައި ހަނގުރާމައިގެ ކުށްތައް އިސްރާއީލުން ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިސްރާއީލު ސިފައިންނާއި އިސްރާއީލީ ސިފައިންގެ ވަކިވަކި މެމްބަރުން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ އިސްރާއީލު ސިފައިންގެ ޖަރީމާތަކަށް އެމީހުން ޒިންމާދާރުކުރުވިފައި ނުވާ ކަމަށެވެ.

މި އިންޓަވިއުއަށް ޖަވާބުދެއްވަމުން، ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީ ތިންކް ޓޭންކްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް މެޓް ޑަސް ވިދާޅުވީ ބައިޑެންގެ އިދާރާއިން އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަން ސާބިތުވާ ކަމަށެވެ.

މިހާރު ކެންސަރު ޖެހިފައިވާ ބައިޑެން އަކީ އޭނާއަކީ ފަޚުރުވެރި ޒަޔަނިސްޓެއް ކަމަށް ދައުވާކޮށް ބޮޑު ބަސް ބުނި ޖައްބާރެކެވެ.

މެޓް ޑަސް ސޯޝަލް މީޑިއާގައި ލިޔުއްވަމުން ވިދާޅުވީ "އެމީހުން ޢާންމު ރައްޔިތުންނަށާއި ކޮންގްރެސްއަށް އޮޅުވާލީ ބައިޑެން އިސްރާއީލަށް ހަތިޔާރު ފޮނުވަން ބޭނުންވީމައެވެ."

އަދި އޭނާ ވިދާޅުވީ "މިލަރ މިހާރު މި ވާހަކަތައް ދައްކަވާތީ އުފާވާ" ކަމަށެވެ. ލަހުން ނަމަވެސް އެއީ ދިމާވި ރަނގަޅު ކަމެއް ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ޔަހޫދީން ހަނގުރާމައިގެ ޖަރީމާތައް ހިންގަން ފެށުނީއްސުރެ 2024 ވަނަ އަހަރުގެ ޖެނުއަރީ 20 ގައި ބައިޑެން މަޤާމުން ވަކިވުމާ ހަމައަށް، އެމެރިކާއިން ވަނީ ފަލަސްޠިނު މީހންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ހަތިޔާރު ސަޕްލައި ކޮށްދެމުން ގޮސްފައެވެ.

ހިއްސާ ކުރައްވާ!