ވެރިކަމުގައި ހުރިއިރު ބައިޑެން އަކީ ބޯ ހަމަނުޖެހޭ މީހެއް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވައިޓްހައުސް ޕްރެސް ސެކްރެޓަރީ ކަމުގައި ހުންނެވި ކެރީން ޖީން-ޕިއޭ ވަނީ ޑިމޮކްރެޓިކް ޕާޓީން ވަކިވެ، މިނިވަން މެންބަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ނިންމަވާފައެވެ. އަދި މި ނިންމެވުމާއެކު، އޭނާ ވަނީ ވައިޓް ހައުސްގެ އެތެރޭގެ ސިއްރުތައް ހާމަކުރާ ފޮތެއް ލިޔެފައިވާ ކަމަށާއި އެފޮތް ނެރުއްވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ.

"އިންޑިޕެންޑެންޓް: އަ ލުކް އިންސައިޑް އަ ބްރޯކަން ވައިޓް ހައުސް، އައުޓްސައިޑް ދަ ޕާޓީ ލައިންސް" މި ނަމުގައި ލިޔުއްވާފައިވާ 256 ޞަފްޙާގެ މި ފޮތް ޝާއިޢުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ހެޗެޓް އިން ޝާއިޢުކުރާ މި ފޮތުގައި، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިޑެންއަށް ވާދަކުރެއްވުމަށް ހުރަސްއެޅި ކަންކަމާއި، ޑިމޮކްރެޓިކް ޕާޓީން އޭނާއަށް "ޚިޔާނާތްތެރިވި" ގޮތުގެ ތަފްޞީލު ހިމެނާފައިވާނެ ކަމަށް ވިދާޅުވެއެވެ.

ބައިޑެންގެ ވައިތް ހައުސްގެ ތަރުޖުމާން ޖީން-ޕިއޭ މި ފޮތުގައި، ޑިމޮކްރެޓިކް ޕާޓީގެ "ފަޔަރިންގ ސްކޮޑް" ގެ ސަބަބުން ބައިޑެންގެ ކެމްޕޭނަށް ކުރިމަތިވި ދަތިތަކުގެ ވާހަކަ ވެސް ހިމަނުއްވާފައިވާނެ ކަމަށް ވިދާޅުވެއެވެ. އަދި އެމެރިކާގައި މިހާރު އޮތް ދެ ޕާޓީގެ ނިޒާމު ދޫކޮށްލުމަށް ރައްޔިތުންނަށް ގޮވާލައްވާފައިވެއެވެ.

މި ފޮތް ނެރުއްވާނެ ކަމުގެ ޚަބަރު އާންމު ވުމާއެކު، ޖީން-ޕިއޭގެ ކުރީގެ އެކުވެރިންނަށް ވަނީ ސިހުމެއް ލިބިފައި ކަމަށް މީޑިއާއިން ރިޕޯޓު ކުރެއެވެ. ބައެއް މީހުން ވަނީ މީސްމީޑިއާގެ މަންސަތަކުގައި އޭނާއަށް ފާޑު ކިޔާފައިވެސް ވެއެވެ. މިކަމުގެ ސަބަބުން، އެއިރު ގިނަ ބައެއްގެ ނަޒަރުގައި ބޯ ހަމަނުޖެހޭ އަބަހައްދަ މީހެއްގެ ގޮތުގައި ފެނިގެން ދިޔަ، ބައިޑެންގެ ޞިއްޙަތާ ގުޅޭ ގޮތުން ޖީން-ޕިއޭ ދިފާޢުކުރެއްވި ވާހަކަތަކާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތައް އަލުން އާވެގެން ގޮސްފައިވެއެވެ.

ފޮތުގެ ބޭރުގަނޑުގައި ހިމަނާފައިވާ ފުނޑުފުނޑު ވެފައިވާ ބިއްލޫރީގެ ކުރެހުމަކީ "ހަލާކުވެފައިވާ ވައިޓް ހައުސް" އަކަށް ކުރާ އިޝާރާތެއް ކަމަށް ބެލެވެއެވެ. ކަމާލާ ހެރިސް ރިޔާސީ އިންތިޚާބުގައި ބަލިވުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީން ވަނީ މައްސަލަ ދެނެގަތުމަށް މަސައްކަތެއް ފަށާފައެވެ. އަދި ޖީން-ޕިއޭގެ ފޮތުން އިތުރު ކަންކަން ހާމަވާނެ ކަންކަމަށް ބުނެ ބައެއް ފަރާތްތަކުން ނުތަނަވަސްކަންވެސް ފާޅު ކުރެއެވެ.ADV

ހިއްސާ ކުރައްވާ!