ބެޓެރިން ދުއްވާ ފުރަތަމަ މަތިންދާބޯޓު ނިއުޔޯކް އެއާޕޯޓަށް ޖައްސައިފި

އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސައްތައިން ސައްތަ ބެޓެރީގެ ބާރުގައި ދުއްވި މަތިންދާބޯޓު ނިއުޔޯކް ސިޓީގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސައިފިއެވެ.

އޭލިއާ ސީއެކްސް 300 ގެ މަތިންދާބޯޓު ވަނީ 45 މިނެޓުގެ ދަތުރެއް ކަޑައްތުކޮށްފައެވެ. އެ ބޯޓު ނައްޓާލީ އީސްޓް ހެމްޕްޓަނުން ޕައިލެޓާއި 4 ފަސިންޖަރުންނާ އެކުގައެވެ. މީގެ ތެރޭގައި ރިޕަބްލިކް އެއަރވޭސް އަދި ބްލޭޑް އެއަރ މޮބިލިޓީގެ އިސްވެރިން ހިމެނެއެވެ.ADV

މި އަޑުމަޑު އަދި އަގުހެޔޮ ދަތުރުގައި ހޭދަވެފައި ވަނީ އެންމެ  8 ޑޮލަރުގެ ކަރަންޓެވެ.

މިއީ އެޑްވާންސްޑް އެއަރ މޮބިލިޓީ (އޭއޭއެމް) އިން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކޮށް، މަގުމަތީގެ ޓްރެފިކް މަދުކުރުމަށް އޮތް ފުރުޞަތު ދައްކުވައިދޭ ކަމެއް ކަމަށް މި ބޯޓޫ އުފެއްދި ބީޓާ ކުންފުނިން ބުނެއެވެ. ބީޓާގެ ސީއީއޯ ކައިލް ކްލާކްގެ އަމާޒަކީ 2026 ވަނަ އަހަރާ ހަމައަށް އެމެރިކާގެ ވައިގެ ދަތުރުފަތުރަށް ހުއްދަ ދޭ އިދާރާގެ ހުއްދަ ލިބިގެން، ވިޔަފާރީގެ ބޭނުމަށް ފަސިންޖަރުން އުފުލުމެވެ.

ޕޯޓް އޮތޯރިޓީ އޮފް ނިއުޔޯޔޯކް އެންޑް ނިއުޖާރސީއިން ވަނީ މި ބޯޓުގެ ދަތުރަށް އެއްބާރުލުން ދީފައެވެ.

މިއީ 2050 ވަނަ އަހަރާ ހަމައަށް ކާބަން ނިއުޓްރަލް ނިއުޔޯކުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އެއްގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ހިއްސާ ކުރައްވާ!