ލުބުނާން އީދަށް ތައްޔާރު ވަނިކޮށް އިޒްރޭލުން ބޮން އަޅައިފި

ޢީދުލް އަޟްޙާއަށް ލުބުނާން މީހުން ތައްޔާރުވަމުން ދަނިކޮށް، އިސްރާއީލުގެ ވައިގެ ހަމަލާތަކެއް ދެކުނު ލުބުނާނަށާއި ބައިރޫތުގެ ދެކުނު ސަރަޙައްދުތަކަށް އަމާޒު ކޮށްފިއެވެ. މި ހަމަލާތައް ދީފައި ވަނީ ހިޒްބުﷲ އިން އެ ސަރަޙައްދުގައި ޑްރޯން އުފައްދަނީ ކަމަށް ބުނެ އެ ސަރަޙައްދު ހުސްކުރުމަށް އަމުރު ކުރުމަށް ފަހު އެވެ.

އިޒްރޭލުން ވަނީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަނގުރާމަ ހުއްޓާލި އެއްބަސްވުމަށްފަހު ވެސް ބައިރޫތަށް ހަމަލަތައް ދެމުން ގޮސްފައެވެ. މިއީ، އެގޮތަށް ދީފައިޥާ ހަތަރުވަނަ ހަމަލާ އެވެ. އަދި އިސްރާއީލުން އެއްވެސް މިންވަރަކަށް ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ލުބުނާނުން ތުހުމަތުކުރެއެވެ.

މި ހަމަލާތަކުގައި 100 ގޭގެ ހަލާކު ކޮށްފައި ވެއެވެ. އެއީ 8 ސަރަހައްދެއްގައި 4 ބިލްޑިންގަކަށް އަމާޒުކޮށްގެންނެވެ.  ބެއިރުތުގައި މިކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި ބިރުވެރިކަން ފެތުރިފައި ވެއެވެ.

ލުބުނާނުގެ ރައީސް ޖޯސެފް ޢައުން އަދި ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ މިކަން ކުށްވެރިކޮށް، ބައިނަލްއަޤްވާމީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. މުހައްލިލު ރާމީ ޚޫރީ ފާހަގަކުރި ގޮތުގައި އިސްރާއީލުން ބަރޯސާވަނީ ހަނގުރާމައިގެ ބާރު ދެއްކުމަށެވެ. އަދި ހިޒްބުﷲ އިން ޑްރޯން އުފައްދާ ކަމަށް ދެކެވޭ ވާހަކަ އޭނާވެސް ދޮގުކޮށްފައިވެއެވެ. 14 މަސްދުވަހުގެ މުއްދަތަށް ދެމިގެންދިޔަ އިޒްރޭލުން ފެށި އުދުވާނީ ހަމަލަތަކުގައި ލުބުނާނުގައި 4،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި ހަނގުރާމަ ހުއްޓާލި ފަހުން 190 މީހުން މަރުވެފައިވެއެވެ.

ހިއްސާ ކުރައްވާ!