މަސްކާއި ޓްރަމްޕްގެ ކޯޅުން ބޮޑު ވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެލޮން މާސްކް އާއި އޮންނަ ގުޅުމާ މެދު ޔަގީންކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް އެގޮތަށް ޚިޔާލު ފާޅުކުރެއްވީ ވައިޓް ހައުސް އިން ހުށަހެޅި ހަތަރު ޓްރިލިއަން ޑޮލަރުގެ ހަރަދާއި ޓެކްސް ބިލް އަށް ބިލިއަނަރު ވިޔަފާރިވެރިޔާ އެލޮން މާސްކް ދެކޮޅު ހެއްދެވުމުންނެވެ.

ޓެސްލާގެ ވެރިޔާ އެކްސްޕޯސްޓެއްގައި އެމެރިކާގެ ރައްޔިތުންނަށް ގޮވައިލެއްވީ އެމީހުންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ގުޅައިގެން ބިލާ ދެކޮޅަށް ވޯޓު ލުމަށް ގޮވާލުމަށެވެ.

އެމެރިކާގެ ސަރުކާރުން އެލޮން މާސްކް ވަކި ވެފައި ވަނީ 129 ދުވަހުގެ ކުރު މުއްދަތަކަށް ފަހު އެވެ.

އެލޮން މާސްކްގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "އެލޮން އާއި އަޅުގަނޑާ ދެމެދު އޮތީ ވަރަށް ބޮޑު ގުޅުމެއް. އިތުރަށް އޭނާ ކަން ކުރާނެ ގޮތެއް ނޭނގެ. އަހަރެން މިހިރީ ހައިރާންވެފައި" ކަމަށެވެ.

ޓްރަމްޕް އަދި މާސްކް ގެ ދެމެދު ޚިޔާލު ތަފާތު ވުން އުޅޭ ތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ADV

ހިއްސާ ކުރައްވާ!