އީދު ދުވަހު ފަތިހު ބޮން އަޅަން ފެށިގޮތަށް 34 މީހުން ޝަހިދުކޮށްފި

އީދު ދުވަހުގެ ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން ފަލަސްޠީނުގެ 34  މީހުން ޝަހީދު ކޮށްލައިފިއެވެ. އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރު ސަރަހައްދުގެ ބައެއް ހިސާބުތަކުން މީހުން ބޭރު ވުމަށް އައު އަމުރުތަކެއް ނެރުމާ ގުޅިގެން ގެދޮރު ދޫކޮށް ބޭރު ވެގެން ދިޔަ އާއިލާތަކުން ބުނަނީ އެމީހުންނަށް ރައްކާތެރި ތަނެއް ނެތް ކަމަށެވެ.

ފަލަސްޠީނު މީހުންނަށް އެހީ ހޯދުމަށް ދިއުމަށް ހުއްދަ ދީފައި ވަނީ ދުވާލު ގަޑީގައި އެކަންޏެވެ. އިސްރާއީލު ސިފައިންގެ ތަރުޖަމާނަކު ބުނެފައިވަނީ ކުލީ ސިފައިން އެހީ ފޯރުކޮށްދޭ ސަރަހައްދުތަކަށް ދަތުރުކުރަން ވާނީ ހެނދުނު 6 އިން ހަވީރު 6 އާ ދެމެދު އެކަނި ކަމަށެވެ.

ޔަހޫދީންނާއި އެމެރިކާގެ ކުލީ ސިފައިން ގުޅިގެން އެހީ ދޭން ފެށިފަހުން މިހާތަނަށް 110 މީހުން ވަނީ ބަޑިޖަހައިގެން މަރާލާފައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 226 ނޫސްވެރިން ޒަޔަނިސްޓުން މަރާލާފައިވާ ކަމަށެވެ. މިއީ ހަނގުރާމައެއްގައި ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާލާފައިވާ ފަހަރެވެ. އެކަމުގެ ރެކޯޑް ހަދާފައި ވަނީ ޒަޔަނިސްޓު ނެޕީ ފޯސްއިންނެވެ.

މިއަދު ޤައްސާމް ބްރިގޭޑުން ދިން ހަމަލައެއްގައި ޔަހޫދީ ޒަޔަނިސްޓުންގެ 4 ޓެރަރިސްޓަކު ވަނީ އިމާރާތެއް ވައްޓާލައިގެން ނައްތާލާފައެވެ.

ހިއްސާ ކުރައްވާ!