އޮމާން ބަލިކޮށް ޖޯޑަން ވޯލްޑްކަޕަށް ކޮލިފައި ވެއްޖެ

އޮމާނާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ކާމިޔާބު ހޯދުމަށްފަހު، ޖޯޑަންގެ ފުޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ. މިކަމާ ގުޅިގެން އައްމާނުގައި އުފާ ފާޅުކުރުން ބާއްވަމުން ދެއެވެ. ސަޕޯޓަރުން ވެރިރަށުގެ މަގުތަކުގައި ކާރު ދުއްވައި، ބަރުގޮނު އަޅަމުން ދިދަ ހޫރުވަމުން ދިޔައެވެ. އަދި ޑްރޯން ލައިޓް ޝޯއެއްގައި "އަހަރެމެން އެންމެން ތިޔަބައި މީހުންނާ އެކުގައޭ!" އަދި "އޭ ބަޠަލުންނޭ، ކާމިޔާބީ އަތްފޯރާ ފަށށް އަންނަނީ" ފަދަ މެސެޖުތައް ދައްކުވައި ދީފައި ވެއެވެ.

އަލީ ޢަލްވީން ވަނީ މެޗުގައި ހެޓްރިކެއް ހަދައި ދީގެން، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޖޯޑަންގެ ގޮނޑި ކަށަވަރުކޮށް ދިނެވެ.

މި ކޮލިފިކޭޝަން ކަށަވަރުވީ ދެކުނު ކޮރެއާއިން އިރާޤާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ކާމިޔާބު ކުރުމާ ގުޅިގެންނެވެ. 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ރަނަރަޕް ޖޯޑަން، މި ކާމިޔާބީއާއެކު ތާރީޚަށް ވަދެގެން ދިޔައީއެވެ.

ލަންޑަނުން ކިންގް އަބްދުﷲ ދެވަނަ، މެޗު ބެއްލެވީ ގައުމީ ޖާޒީއެއް ތުރު ކުރައްވައިގެންނެވެ.

ރަސްގެފާނު އެކްސްގައި ލިޔުއްވީ "އަޅުގަނޑުމެންގެ ޓީމުން ތާރީޚީ ވޯލްޑް ކަޕް ކޮލިފިކޭޝަން ކާމިޔާބު ކުރުމާ ގުޅިގެން ރައްޔިތުންނަށް މަރުޙަބާ ދަންނަވަން" އެވެ.ADV

ހިއްސާ ކުރައްވާ!