ހަމާސްގެ އަސްކަރީ ވިންގް، ޝަހީދު ޤައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ "ކަމާގުޅޭ ފަރާތްތަކަށް ކުއްލި އިލްތިމާސެއް" ދުރަށް ފޮނުވުމާ ގުޅިގެން އިޒްރޭލުގައި ފައި އިނދޭ ފުރައިން މީހުން ނަތަންޔާހޫއަށް ބަވަމުން މުޒާހަރާއަށް ނިކުމެއްޖެއެވެ.
އަބޫ އުބައިދާ ގެ އިލްތމާސްގައި ބުނެފައި ވަނީ "ދުޝްމަނުންނަށް އަސީރު މީހާ ދިރިހުއްޓައި ނުލިބޭނެ ކަމަށާއި، އޭނާ ހޯދަން އުޅެނިކޮށް އެ މަސައްކަތުގައި އޭނާ މަރުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އިސްތިއުމާރީ ސިފައިން" ކަމުގައެވެ.
އަބޫ ޢުބައިދާ އިތުރަށް ބުނީ "އަހަރެމެން އެއް އަހަރާއި އަށް މަސް ދުވަސް ވަންދެން އަސީރު ކަލޭގެ ފުރާނަ ރައްކާތެރިކޮށް ދީފިން" ކަމަށާއި އޭނާ ނުރައްކަލަށް ހުށަހެޅުމުން އޭނާގެ މަރަށް އުޒުރެއް ނޯންނާނެ ކަމަށެވެ.
އިޒްރޭލުގެ ގައިދީންގެ ޢާއިލާތަކުން ވަނީ ބޮޑުވަޒީރު ނަތަންޔާހޫ ހަނގުރާމަ ކުރަން ބޭނުންވަނީ ކަމަށް ބުނެ ތުހުމަތުކޮށް، ނަތަންޔާހޫ ބޭނުންވާ ގޮތަށް ހަދައި ނުދިނުމަށް އެމެރިކާއަށް ގޮވާލާފައެވެ.
ގައިދީންގެ ޢާއިލާތަކާބެހޭ ކޮމިޓީން ވަނީ ނެތަންޔާހޫގެ ވިސްނުމަށް ފާޑުކިޔައި، އެމެރިކާގެ މަންދޫބު ސްޓީވަން ވިޓްކޯފްއަށް ގޮވާލާފައި ވަނީ ނަތަންޔާހޫގެ ހުށަހެޅުންތަކާ ދެކޮޅު ހެދުމަށެވެ.






