ލޮސްއެންޖެލްސްގައި ހަމަނުޖެހުން އުފައްދާ ފަރާތްތައް ކޮންޓްރޯލު ކުރުމަށް އެމެރިކާ ރައިސްގެ އޯޑަށް އެމެރިކާ ސިފައިން ލޮސްއެންޖެލްސްގެ މަގުތަކަށް މިއަދު ނިކުމެއްޖެއެވެ. އެމެރިކާގެ އިމިގްރޭޗަން އިދާރާ އައިސް އިން ހިޖުވެރިން ހައްޔަރު ކުރުމަށް ދިމާކުރުމުން އެކަމާ ދެކޮޅަށް ކުރާ މުޒާހަރާތައް ފިއްތާލުމަށް ޓްރަމްޕް ވަނީ 2،000 ސިފައިން ފޮނުވާފައެވެ.
ލޮސް އެންޖެލިސްގެ މެދުތެރޭގައި ހުންނަ ފެޑެރަލް ކޮމްޕްލެކްސްގައި ސިފައިން ހަރަކާތްތެރިވާތަން ފެނިފައިވެއެވެ.
ހަމަނުޖެހުން ހިންގާ މީހުން ވަނީ އެ ސިޓީގެ ފެޝަން ޑިސްޓްރިކްޓާއި ހޯމް ޑިޕޯ ފިހާރައަކާއި ބައެއް ވިޔަފާރިތަކުގެ ބިއްލޫރިތައް ތަޅާލައިގެން ވައްކަން ކޮށް ހަމަނުޖެހުން އުފައްދައި ތަންތަނާއި އުޅަނދުތަކުގައި ރޯކޮށް ހަދާފައެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ އޮފިޝަލުން ބުނެ އެވެ.





