އިޒްރޭލުން ކަނޑުފޭރިގަނެ މީހުން ވަގަށް ނެގުމުން އަރަބިންނާއި އެހެން ގައުމުތަކުން ބުނީ ކީކޭ؟

އިޒްރޭލުން މެޑްލިން ބޯޓުގައި ތިބި އެކްޓިވިސްޓުން ކިޑްނެޕްކޮށް، ބޯޓު ކަނޑު ފޭރިގަތުމުން އިޒްރޭލު މީހުން ވަނީ އަޝްދޫދު ބަނދަރު ކައިރީގައި މުޒާހަރާ ކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ. އެމީހުން ބުނަމުން ދިޔައީ ހިމޭން ނުކުރެވޭނެ ކަމަށާއި ސަރުކާރުގެ ޓެރަރިޒަމް ނިންމަންވީ ކަމަށާއި ޣައްޒާ މިނިވަން ކުރަންވީ ކަމަށެވެ.

މެޑްލިން ބޯޓު ކަނޑު ފޭރުމުގެ ސަބަބުން އަރަބި ގައުމުތަކަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.

އެންމެ ހަރުކަށިކޮށް އިޒްރޭލާ ދެކޮޅަށް އަމަލުކޮށްފައި ވަނީ ސްޕެއިން އިންނެވެ. ސްޕެއިން ވަނީ އިޒްރޭލު އެމްބެސެޑަރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އިހުތިޖާޖު ކޮށްފައެވެ.

އަޔަރލެންޑްގައި އިޒްރޭލު އެމްބަސީ ވަނީ ބަންދުކޮށްފައެވެ. އަޔަރލެންޑްގެ ފޮރިން މިނިސްޓަރު ވިދާޅުވީ އިޒްރޭލަކީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ގައުމެއް ކަމަށެވެ.

ފަލަސްޠީނުގެ ތާއީދުގައި ފޮނި ވާހަކައިން ޖިހާދު ކުރާ ތުރުކީ ސަރުކާރުން ބުނފައި ވަނީ އިސްރާއީލުގެ އަމަލުތަކަކީ "ބައިނަލްއަގްވާމީ ގާނޫނުތަކާ ސާފުކޮށް ހިލާފު ކަމެއް" ކަމަށެވެ.

މި ބޯޓުގައި ހިމެނޭ ރައްޔިތުންގެ ތެރޭން ބްރެޒިލް، ޖަރުމަން، ފްރާންސް ނުވަތަ ނެދަލެންޑްސް – އިން އެއްވެސް ގައުމަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ސްވިޑްއިން ވަނީ މެޑްލިންގައި ހިމެނޭ އެގައުމުގެ ރައްޔިތުންނަށް ކޮންސިއުލާ އެހީތެރިކަން ދިނުމަށް އިންކާރުކޮށްފައެވެ.

ހިއްސާ ކުރައްވާ!