އިޒްރޭލާ ދެކޮޅުވެރި "މުޖާހިދުން"ގެ ގާފިލާތަކަށް ހުރަސް އެޅުމަށް އެދެފި

ދުނިޔޭގެ 80 އަށް ވުރެން ގިނަ ގައުމަކުން 10 ހާހެއްހައި މީހުން މިއަދު ޣައްޒާއަށް ވަނުމަށް މިސްރާއި ފަލަސްޠީނުގެ ރަފަޙަ ގުޅޭ ބޯޑަރު ސަރަހައްދަށް އެއްވާނެއެވެ. މި މީހުން މަސައްކަތް ކުރަނީ ޔަހޫދީ ސަރުކާރުގެ ބަނޑަށް ޖެއްސުމާއި ހަނގުރާމައިގެ ޖަރީމާތައް ދުނިޔޭގެ ސަމާލުކަމަށް ގެންނާށެވެ.

މިމީހުންގެ ދަތުރަށް ހުރަސް އެޅުމަށް ޔަހުދީ ސަރުކާރުން ވަނީ މިސްރަށް ގޮވާލާފައެވެ.

ޔަހޫދީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ވަނީ ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ގާފިލާތައް ރަފަހައާ ކައިރި ވިޔަ ނުދިނުމަށްޓަކައި ހުރަސް އެޅުމަށް އެދިފައެވެ. އަދި އޭނާ މިމީހުން ލޭބަލް ކޮށްފައި ވަނީ ޖިހާދީންގެ ގޮތުގައެވެ.

"އަހަރެން އުންމީދު ކުރަނީ މިސްރުގެ ކަމާބެހޭ ފަރާތްތަކުން މިސްރާއި (ހިފާފައިވާ ފަލަސްޠީނުގެ) ބޯޑަރަށް ޖިހާދީ މުޒާހަރާވެރިން އައުން ހުއްޓުވައި، ހަމަނުޖެހުން އުފެއްދުމަށް ނުވަތަ ޣައްޒާއަށް އެތެރެވާން މަސައްކަތް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް،" ޔަހޫދީންގެ ޑިފެންސް މިނިސްޓަރ އިސްރާއީލް ކާޓްޒް ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!