އިޒްރޭލަށް ބޭނުންވާ ޕްރޮޕެގެންޑާ ކޮށްދެނީ ޓްރަމްޕް

މިހާރު ޓްރަމްޕް ބުނަނީ އިޒްރޭލުގެ އުދުވާނީ ހަމަލާ ދޭނެ ކަމުގެ މައުލޫމާތު އޭނާއަށް ކުރިން ލިބިފައި އޮތް ކަމަށެވެ. އަދި އީރާނަށް އިންޒާރު ދެމުން ބުނެފައި ވަނީ އީރާނުން އަވަހަށް ނިއުކްލިއަރ ޑީލެއް ހަދަން ވީކަމަށެވެ. ނޫންނަމަ އީރާނަށް ދެން ދޭ ހަމަލާ މިހާރަށް ވުރެން ވަރުގަދަ ވާނެ ކަމަށެވެ.

ޓްރަމްޕްގެ އާންމު ބަސްމަގު ހުންނަ ފަދައިން އޭނާ ވަނީ އިޒްރޭލުގެ ހަމަލައަކީ މޮޅު ހަމަލައެއް ކަމަށް ބުނެ ތައުރީފް ކޮށްފައެވެ.

އަދި އީރާނާ ދެކޮޅަށް އެމެރިކާއިން އިޒްރޭލަށް ސަޕޯޓު ކުރާނީ މީގެ ކުރިން ދުވަހަކުވެސް ސަޕޯޓުކޮށްފައި ނުވާ ވަރަށް ވުރެން މާ ވަރުގައަށް ކަމަށެވެ.

ވޯލް ސްޓްރީޓް ޖާނަލް އާއި އޭބީސީ ނިއުސްއާ ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ ޔަހުދީންގެ ދައުލަތަށް އޭނާ ތާއީދުކުރާ ކަން ކަށަވަރުކޮށްދީފައެވެ.

ޓްރަމްޕާ ހަވާލާދީ ފޮކްސް ނިއުސް އިން ބުނެފައިވަނީ އީރާނަށް "ނިއުކްލިއާ ބޮމެއް ނުގެންގުޅެވޭނެ" ކަމަށާއި، އީރާނަށް ޖެހޭނީ މަޝްވަރާއަށް އަންނަން ކަމަށެވެ.

އީރާނުން ވަނީ އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އީރާނަށް ނިއުކްލިއަރ ތަރައްގީ ކުރުމަށް ލިބިގެންވާ ސިޔާދަތީ ބާރު ދޫކޮށް ނުލާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

 

ހިއްސާ ކުރައްވާ!