އިޒްރޭލު ކުފުނިތައް ސައޫދީގައި ކުރާ ވިޔަފާރިއާ ބެހޭ މައުލޫމާތު އިޒްރޭލުން އެއްކުރަނީ

ސަޢޫދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ އިޒްރޭލީ ސައިބަރ ކުންފުނިތަކާ ބެހޭ ގޮތުން އިޒްރޭލުން މައުލޫމާތު އެއްކުރަން ފަށައިފިއެވެ.

އިޒްރޭލުން ދެކެނީ އެ ކުންފުނިތައް ބޭނުން ކޮށްގެން ސަރަހައްދުގެ އެންމެ ބޮޑު ސައިބާ ސެކިއުރިޓީ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ލީޑަރަކަށް  ސައޫދީ އަރަބިއްޔާ ވުމަށް މަސައްކަތް ކުރަނީ ކަމަށެވެ. ގްލޯބުން އިޒްރޭލު ސަރުކާރަށް ތައްޔާރުކޮށްދިން ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ:

ސަޢޫދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ އިޒްރޭލީ ސައިބަރ ކުންފުނިތަކުގެ ތެރޭގައި ސައިބަރއާކް، ޗެކްޕޮއިންޓް އަދި ސައިބަރީޒަން ފަދަ ކުންފުނިތައް ބޮޑެތި އަދަދު ތަކުން ވިޔަފާރިކޮށް ޑީލްތައް ހޯދަމުން ދެއެވެ. މީގެ އިތުރުން، ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ހާމަނުކުރާ އެހެން ޔަހޫދީ ކުންފުނިތަކެއްވެސް ސަޢޫދީ ޢަރަބިއްޔާގައި މަސައްކަތްކުރަމުން ދާކަން ފާހަގަ ކޮށްފައި ވެއެވެ.

މި ކުންފުނުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ އިޒްރޭލުގައި އުފެދި، ފަހުން އެމެރިކާއަށް ބަދަލުވެފައިވާ ކުންފުނިތަކެވެ. މިސާލަކަށް، ކޮންޓިނިއުޓީ ކުންފުނި އެމެރިކާގައި އުފެދި، ފަހުން އިޒްރޭލަށް ބަދަލުވެފައިވެއެވެ. މި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުގައި އިޒްރޭލު މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކެވެ.

ސަޢޫދީ ޢަރަބިއްޔާގައި މި ކުންފުނިތަކުގެ ވިޔަފާރި ކުރިއަރަމުން އައި ނަމަވެސް، 2023 ގެ އޮކްޓޯބަރު 7 ގެ ހާދިސާއަށްފަހު، އިޒްރޭލީ ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ. ކޮންޓިނިއުޓީގެ ސީއީއޯ ގިލް ހެޗްޓް ބުނި ގޮތުގައި، މި ހާދިސާއަށްފަހު އިޒްރޭލީ ކުންފުނިތަކާ މެދު ފިނި ކޮށް މުއާމަލާތު ކުރުމުގެ މާހައުލެއް އުފެދިފައިވެއެވެ. ނަމަވެސް، މުޅިން މުޢާމަލާތްތައް ހުއްޓިފައެއް ނުވެއެވެ.

ސަޢޫދީ ޢަރަބިއްޔާއިން އިޒްރޭލީ ޓެކްނޮލޮޖީއަށް ޝައުޤުވެރިކަން ހުރި ނަމަވެސް، މިހާރު އެ ޤައުމުގައި ހިނގަމުންދާ "ބޮޑު ވިޔަފާރި ބައްދަލުވުންތަކަށް" އިޒްރޭލީ ކުންފުނިތަކަށް ދަޢުވަތެއް ނުދެއެވެ. އެހެންކަމުން، މިހާރު ހިނގަމުންދާ އިޒްރޭލީ ހަރަކާތްތަކަކީ ކުރީގެ ހަރަކާތްތަކުން ފެށިފައިވާ ކަންކަމެވެ. އަދި އާ ކުރިއެރުމެއް ނުފެނެއެވެ.

އިޒްރޭލާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އަހަރަކު 1 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ވިޔަފާރި މުއާމަލާތު ކުރެވޭ ކަމަށް ގްލޯބުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

  • އިޒްރޭލާއި އެމިރޭޓްސްއާ ދެމެދު ހިނގާ ވިޔަފާރީގެ ބޮޑު ބައެއް އަސްލު ގުޅިފައިވަނީ ސަޢޫދީ ޢަރަބިއްޔާއާ ކަމަށް ބެލެވެއެވެ.
  • ސަޢޫދީ ޢަރަބިއްޔާއާއެކު ކުރާ ވިޔަފާރީގެ ތެރޭގައި ސައިބާ ސެކިއުރިޓީ އުފެއްދުންތަކާއި ޚިދުމަތްތަކާއި، ބޭސްފަރުވާއާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ހިމެނެއެވެ.
  • އިޒްރޭލުގެ ހައިޓެކް ދާއިރާއަށް އެމިރޭޓްސްއާއި ޤަޠަރުން ކުރާ އިންވެސްޓްމަންޓްތަކާ އަޅާބަލާއިރު، ސަޢޫދީ ޢަރަބިއްޔާއިން ކުރާ އިންވެސްޓްމަންޓްތައް މަދުކަމަށް ފާހަގަ ކުރެވެއެވެ.
  • ރަސްމީ މަޢުލޫމާތުތަކަށް ބަލާއިރު، ސަޢޫދީ ޢަރަބިއްޔާއިން އިޒްރޭލުގެ ހައިޓެކް ދާއިރާއަށް ކޮށްފައިވާ އިންވެސްޓްމަންޓްގެ އަދަދަކީ 30 މިލިއަން ޑޮލަރެވެ.
ހިއްސާ ކުރައްވާ!