ނަތަންޔާހޫ ހުރެގެން އިޒްރޭލަކީ ސަރަހައްދުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާ: އެރުދުޣާން
ޔަހޫދީން އީރާނަށް ހަމަލަ ދިނުމުގެ ކުރިން އެކަން ކުރަން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު އީރާނަށް ދިނިން: ޕާކސިްތާންގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް
ޕާކިސްތާނުން ވަނީ މުސްލިމުން އީރާނަށް ސަޕޯޓްކޮށް އިއްތިހާދު ވުމަށް ގޮވާލާފަ
ޔަހޫދީ ދެ ޑްރޯން ޤުމް ކައިރިން ވައްޓާލައިފި
އީރާންގެ ހަކީމް ހޮސްޕިޓަލަށް ޔަހޫދީން ހަމަލަ ދީފި
އީރާނުން ވާހަކަ ދައްކަން ތައްޔާރަށް ނެތަސް އަހަރަމެން މިތިބީ ވާހަކަ ދައްކަން ތައްޔާރަށް:
އެމެރިކާގެ ދިފާއީ ވުޒާރާ
ނަތަންޔާހޫ: އީރާނަށް ހަމަލަ ދިނުމުގައި އެމެރިކާގެ ސަޕޯޓް ދަނީ ލިބެމުން.
މިއީ އިޒްރޭލުގެ އަސްކަރީ އަދި ޖާސުސީ މަސައްކަތް ހިންގާ މައި ސަރަހައްދު؛ މިތަނަށް ކިޔަނީ ކިރިޔާ. އިޒްރޭލު މީހުން ބުނަނީ އީރާނުން ކިރިޔާއަށް މިސައިލް ހަމަލަ ދިނުމުން އެމީހުން ހައިރާން ވާހަކަމަށް.

ތުރުކީގެ އުރުދުޣާން ޕާކިސްތާންގެ ބޮޑު ވަޒީރަށް ފޯނުން ގުޅުއްވައި ޔަހޫދީން ސަރަހައްދު ނުރައްކަލަކަށް ވައްޓާލި މައްސަލާގައި ވާހަކަ ދައްކަވައިފި
މިސްރަށް އެތެރެ ވެ ރަފަހައަށް ދާން އުޅުނު މީހުންނަށް މިސްރުގެ ޖާސޫސީ އިދާރާއިން ވަނީ ގޭންގްތައް މެދުރިކޮށް ހަމަލަ ދީފަ. މިސްމީހުންގެ ބޯފަޅާލާފައި ވޭ؛

ނާޒީ ޔަހޫދީން ހުޅަނގު އައްސޭރި އެއްކޮށް ބަންދު ކޮށް ޣައްޒާ އަށް ހެދި ގޮތަށް ހިސާރަ ކޮށްފައިވާ މިއަދަށް ދެ ވަނަ ދުވަސް:

ޖަރުމަން ފޮރިން މިނިސްޓްރީން ބުނަނީ މެދުއިރުމަތި އޮތީ ނުރައްކާ ހާލަތެއްގައި ކަމަށް
އޮސްޓްރޭލިއަން އެކްޓިވިސްޓް ގްރޭސް ޓޭމް ޔަހޫދީން ގައްޒާ މީހުން ބަނޑަށް ޖެއްސުމަށް ފާޑު ކިޔުމުން ނައިކީ އިން ކޮންޓްރެކްޓް ބާޠިލު ކޮށްފި

4 ރޮކެޓް ޣައްޒާއިން ޔަހޫދީންގެ ސަރަހައްދަށް ފޮނުވައިފި
ސަލާމަތީ މަޖިލީހުގައި އީރާނުން ވަނީ އމެރިކާއިން މި ކަމުގައި އަޑީގައި އޮތް ކަމަށް އެމެރިކާގެ މޫނު މަތީގައި ބުނެފައި؛

ހުރުމުޒު ކަނޑު އޮޅި ބަންދު ކުރުމަކީ އީރާނުން ވިސްނާ ކަމެއް ކަމަށް އީރާނުން އޮތީ ބުނެފައި. މި ކަނޑު އޮޅި ބަންދު ކުރާނީ ކޮން އިރަކު ކަމެއ ްނޭނގޭ. ބަންދުކޮށްފިނަމަ ތެލުގެ މައްޗަށް ދާނެ.
އީރާންގެ އެންމެ ބޮޑު ތެޔޮ އުފައްދާ ދަނޑަށް އިޒްރޭލުން ބޮން އަޅައިފި

އިޒްރޭލުން ހަމަލަތައް ވިލަރެސް ކުރަނީ އެމެރިކާއިން މަގުދައްކައި ކޯޑިނޭޓް ކޮށްގެން
މެޑްލިން ބޯޓުގެ ފަޅުވެރިން ރަހީނު ކުރި އިޒްރޭލުގެ ކަނޑުގެ ސިފައިންގެ އިސްޔުނިޓްގެ ކޮމާންޑަރާ ދެކޮޅަށް ހިންދު ރަޖަބް ފައުންޑޭޝަނުން ޔޫކޭގައި ހަނގުރާމައިގެ ޖަރީމާގެ ދައުވާ ކޮށްފި އަދި އޭނާގެ މައްސަލަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށްވެސް ހުށަހަޅައިފި
މިސްރަށް ވަންނަން ދިޔަ ސުމޫދު ގާފިލާގެ ހަތަރު މީހަކު ލީބިޔާގެ އިރުމަތީ ސަރަހައްދުގައި ހައްޔަރުކޮށްފި. އަދިވެސް އެމީހުންނަށް ސަރަހައްދު ހުރަސްކުރަން ހުއްދައެއް ނުދޭ.
ޕާކިސްތާން ބޮޑު ވަޒީރު އީރާންގެ ރައީސަށް ފޯނުން ގުޅުއްވައި: ޕާކސިްތާން ސަރުކާރާއި ރައްޔިތުން ތިބީ އީރާނާއެކު ކަން ޔަގީން ކޮށްދެއްވި
ޤުދުސް ބްރިގޭޑުން ބުނަނީ ޚާން ޔޫނުސްގެ އުތުރުން ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ބަރު ހަތިޔާރުން ހަމަލަ ދީފި ކަމަށް
ޗައިނާގެ ޚާރިޖީ ވަޒީރު އީރާން ޚާރިޖީ ވަޒީރާ ފޯނުން ވާހަކަ ދައްކައިފި. އީރާންގެ އިސްތިގްލަލާއި ސިޔާދަތު ދަމަހައްޓަން އީރާނުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އައްބާސް އަރާގްޗީ ދެއްވި
ޕޫޓިން ތްރަމްޕާ އެކު 50 މިނެޓް ވަންދެން ވާހަކަ ދައްކައިފި؛ އިޒްރޭލުން އީރާނަށް ދިން ހަމަލަ ކުށްވެރިު ކުރި
ވައްޓާލ ބޯޓުގެ ކައްޕި އީރާނުން އަތުލަިއގެންފި
ތުރުކީ ރައީސް ސައުދީ ވަލީ އަހުދާ ފޯނު މަޝްވަރާތައް ބާއްވައިފި
އިނގިރޭސިވިލާތާއި ސައުދީން ފޯނު މަޝްވަރާތައް ބާއްވައިފި
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރަހައްދުގެ ގައުމުތަކަށް ފޯނުކޮށް ޑިޕްލޮމެޓިކް މަސައްކަތެއް ފަށައިފި
އީރާނުން އެފް 35ގެ މަތިންދާބޯޓެއް ވައްޓާލައިފިކަމަށް ރިޕޯޓުކޮށްފި. ޕައިލެޓް އަދި އަތަކު ނުޖެހޭ!
\
އީރާނުން ޔަހޫދީންނަށް ދިން ހަމަލަތައް:



އީޒްރޭލުގެ ތާރީޚުގައި މިވަރުގެ ގެއްލުމެއް ދިން ހަމައެކަނި ގައުމަކީ އީރާން!
އީރާނުން މަޝްވަރާތަކުގައި ބައިވެރިއެއް ނުވާނެ
އެމެރިކާއިން އަޑީ ގައި އޮވެގެން އީރާނަށް ހަމަލަ ދޭން ފަހިކޮށް ދިނުމަށް ބާއްވަމުން ދިޔަ ނިއުކްލިއަރ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް އީރާނުން ބުނެފިއެވެ.
އެ މަޝްވަރާތައް ބާއްވަމުން ދިޔަ އޮމާނުން ވެސް އެ ބައްދަލުވުންތައް ކެންސަލް ވެފައިވާ ކަން ޔަގީންކޮށް ދީފައެވެ.
އީރާންގެ ރައިސް ވިދާޅުވީ ޒަޔަނސިްޓް ނިޒާމާއި އެމެރިކާގައިވެސް އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ. އދި އެމަޝްވަރާތައް ކުރިއަށް ގެންދިއުަމކީ މާނައެއް ނެތް ކަމެއް ކަމަށެވެ.
އޭގެ އިތުރުން އީރާނުގެ ނިއުކްލިއަރ އެނެޖީ އެޖެންސީގެ ރައިސް ވަނީ ޔުރޭނިއަމް ފައްކާ ކުރާ އައު މަރުކަޒުގެ މަސައްކަތް ފަށައިފިކަން މިއަދު ޓީވީގައި ޔަގީންކޮށްދީފައެވެ.





