ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާގެ އިންޓަރނެޓް ކަނޑާލިތާ 3 ދުވަސްފަހުން، މިހާރު އިންޓަރނެޓް ލިބެން ފަށައިފިއެވެ. ޔަހުދީ ޓެރަރިސްޓުން ޣައްޒާއިން އިންޓަރނެޓް ކަނޑާލީ، ފައިބާ އޮޕްޓިކް ކޭބަލަކަށް ހަމަލަ ދީގެންނެވެ. މި ހަމަލާގެ ސަބަބުން އިންޓަރނެޓާއި ފޯނު ލައިންގެ ޚިދުމަތްވެސް ކެނޑުނެވެ.
ފަލަސްޠީނުގެ ޓެލެކޮމް އޮތޯރިޓީން ބުނެފައި ވަނީ ކޭބަލް ހަލާކު ކުރިތަނަށް އެތައް ފަހަރަކު ވަނުމަށް މަސައްކަތް ކުރުމުން އެތަނަށް ވަދެވޭ ގޮތެއް ނުވި ކަމަށެވެ.
ރެޑް ކްރޮސްއާއި ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފައި ވަނި އިޒްރޭލުގެ މި އުދުވާނީ އަމަލުގެ ސަބަބުން އެފަރާތުގެ މަސައްކަތަށްވެސް ހުރަސް އެޅުނު ކަމަށެވެ.
ޔަހޫދީން ވަނީ ޣައްޒާއިން ކަރަންޓާއި ފެން ކަނޑާލައި ނަރުދަމާތަކަށް ބޮން އަޅައި ރައްޔިތުން ބަނޑަށް ޖައްސައި ހަނގުރާމައިގެ ހުރިހައި ބާވަތެއްގެ ޖަރީމާތައް ހިންގާފައެވެ.






