ޓްރަމްޕް އައުލާދުން ވިޔަފާރު ފުޅާކޮށް ބަފާގެ ނަން ބޭނުންކޮށްގެން ނަފާ ނެގުމަށް ދިމާކޮށްފިއެވެ. ޔޫއޭއީގައި ބިޓް ކޮއިންގެ ވިޔަފާރީގައި އުޅޭ ޓްރަމްޕްގެ އައުލާދުން ހިންގާ ޓްރަމްޕް އޯގަނައިޒޭޝަނުން ބުނީ ޓްރަމްޕް މޯބައިލްގެ ނަމުގައި މޯބައިލް ފޯނުގެ ހިދުމަތެއް ތައާރަފްކުރާން ނިންމާފައިޥާ ކަމަށެވެ. އަދި އެޕަލް އާއި ސެމްސަންގް ފަދަ ކުންފުނިތަކާ ވާދަ ކުރުމުގެ ގޮތުން މި ހޫނު މޫސުމުގެ ފަހުކޮޅު އެމެރިކާގައި އުފައްދާފައިވާ ސްމާޓްފޯނެއް ވެސް ވިއްކަން ފަށަން ނިންމާފައިވާ ކަމަށެވެ.
ޗައިނާއިން އުފައްދާފައި ހުންނަ ތޮފިތައް ބޭނުން ކުރައްވާ ރައީސް ޓްރަމްޕް ވަނީ ފޯނު އުފައްދާ ފަރާތްތަކަށް އަމާޒުކޮށް، ބޮޑުކޮށް ތެރިފް ނެގުމަށް ނިންމާފައެވެ. އަދި އެޕަލް އިން އިންޑިއާގައި ފޯނު އުފެއްދުން ހުއްޓާލުމަށް އަންގާފައެވެ.
އެމެރިކާގައި ސްމާޓް ފޯނު އުފެއްދުމަކީ ފައދާ ހުރި މަސައްކަތަކަށް ނުވާތީ އެއްވެސް ސްމާޓްފޯން އުފައްދާ ބޮޑު ކުންފުންޏަކުން އެމެރިކާގައި ފޯނު އުފައްދަން ބޭނުމެއް ނުވެއެވެ. ފޯނު އުފައްދާ ފަރާތްތަކުން ބުނަނީ އެމެރިކާގައި އެފަދަ ކަމަކަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ނުލިބޭނެ ކަމަށެވެ.






