ވައިޓްހައުސް ބޭރުގައި ޓްރަމްޕާ ދެކޮޅު މުޒާހަރާތައް

ހަނގުރާމައާ ދެކޮޅަށް މުޒާހަރާ ކުރާމީހުން ވައިޓް ހައުސްގެ ބޭރަށް އެއްވެ  އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ ޓެރަރިސްޓް ހަމަލަތަކާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ. އެމީހުން ވަނީ އެ ހަމަލާތަކުގައި އެމެރިކާ ބައިވެރިވުމުން ދުރުހެލިވުމަށް ޓްރަމްޕްގެ ސަރުކާރަށް ގޮވާލާފައެވެ.

ހުކުރު ދުވަހު ޔަހޫދީން އިސްވެ ސަބަބަކާ ނުލައި އީރާނަށް އުދުވާނީ ހަމަލައެއް ފެށި ފަހުން، ޓްރަމްޕް ގެންދަނީ ބޯ ހަމަނުޖެހޭ މީހަކަށް ހެދިގެން އެކިފަހަރު އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.

އިސްރާއީލުން އަބަދުވެސް އީރާނަށް ހަމަލަ ދޭން ޝައުގު ވެރިވެފައި ވެއެވެ. އެމެރިކައިން ވަނީ އެކަމަށް ފަހިކޮށްދީފައެވެ.

މިހާރުވެސް މެދުއިރުމަތީގައި އެމެރިކާއިން އަންނަ މަތިންދާބޯޓު އުފުލާ ތިން ގްރޫޕެއް އެބަހުއްޓެވެ. މުޒާހަރާގެ ބައިވެރިން ބޭނުންވަނީ އެމީހުން އެތަނުގައި ތިބޭނީ ދިފާއީ ބޭނުމަކަށް ނޫންކަން ޔަގީން ކުރަން، އުދުވާނީ ބޭނުމަކަށް ނޫނެވެ.

އިޒްރޭލުން ދެކޭގޮތުގައި އެމެރިކާގެ ބައިވެރިވެއްޖެނަމަ، އީރާން ނައްތާލައި، އިސްރާއީލުގެ ބާރުގަދަ މުޅި މެދުއިރުމައްޗަށް ގަދަކޮށްލެވޭނެއެވެ. ނަމަވެސް އިސްރާއީލަށް ލިބޭ ފައިދާއަކީ އެމެރިކާގެ ކަރުގެ ދަންމަޅިއަކަށް ވެދާނެ ކަމެއް ކަމަށްވެސް އެމެރިކާގެ މާހިރުން ބުނެއެވެ.

އިސްރާއީލުން ބާރުއަޅަނީ، އެމެރިކާގެ އެންމެ ވަރުގަދަ ނިއުކްލިއާ ނޫން ބޮން ކަމަށްވާ ޖީބީޔޫ-57 ބޭނުން ކޮށްގެން އީރާންގެ ނިއުކްލިއަރ މަރުކަޒަށް ހަމަލަ ދޭށެވެ. ނަމަވެސް އެކަން ކުރުމަކީ ސަރަހައްދީ ހަނގުރާމަ ބޮޑުވެ، އިގްތިސާދީ ލޮޅުންތަކެއް އުފެދި، ވޮޝިންޓަނަށް އެކަހެރި ކަމާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ދެކެއެވެ.

ހިއްސާ ކުރައްވާ!