އިޒްރޭލު މީހުން މަނާކޮށްފައި ވަނިކޮށް މުޒާހަރާ ކޮށްފި

އިޒްރޭލުގައި މި ދުވަސްކޮޅުމުޒާހަރާ ކުރުން މަނާކޮށްފައި ވަނިކޮށްވެސް ޔަހޫދީން މުޒާހަރާ ކޮށްފިއެވެ. އެމީހުން މުޒާހަރ ކޮށްފައި ވަނީ ހަމާސްގެ މެހުމާނުންގެ ގޮތުގައި ތިބި މީހުން އަނބުރާ ނުގެނަސްގެންނާއި ޣައްޒާ ހަނގުރާމަ ކުރަމުންދާތިއެވެ.

މުޒާހަރާ ކުރި މީހުން ބުނެފައި ވަނީ އިޒްރޭލުން މިހާރު ޣައްޒާގައި ތިބި ހަނގުރާމައިގެ އަސީރުން މަތިންހަނދާން ނައްތާލާފައިވާ ކަމަށެވެ.

މީގެ ނުވަ ދުވަސް ކުރިން އިޒްރޭލުން އިސްވެ އީރާނަށް ދިން އުދުވާނީ ހަމަލައާ ހެދި އީރާނުން ދެމުންދާ ހަމަލަތަކާއެކު އިޒްރޭލުގެ ސަރކާރުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.

މުޒާހަރާ ކުރާ މީހުން ބުނެފައި ވަނީ މަގުމައްޗަށް ނުކުމެ ނަތަންޔާހޫ އާއި އޭނާގެ ސަރުކާރަށް މެސެޖުތައް ފޮނުވަމުންދާނެ ކަމަށެވެ.

އިޒްރޭލުގެ ހޮސްޓޭޖް ފެމިލީސް ފޯރަމް އިން ބުނީ މުޅި އިޒްރޭލުގައި ތަފާތު އެތައް އެއްވުންތަކެއް އިންތިޒާމްކޮށްފައިވާ ކަމަށާއި، އަދި އޭގެ އިޔތުރުން ސަރުކާރަށް ޕްރެޝަރު ޖައްސަން އޮންލައިން ކެމްޕޭންތައް ވެސް އިންތިޒާމްކޮށްފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!