އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލަތަކުގެ 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އީރާނަށް ޖާސޫސްކުރިކަމުގެ ތުހުމަތުގައި އީރާނުގެ ހުރުމުޒުގާން ޕްރޮވިންސުން ދެ މީހަކު ހައްޔަރުކޮށްފި ކަމަށް، ރިޕޯޓުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނަކާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުރުމުޒުގާންގެ އިންޓެލިޖެންސް އޮފިޝަލުންނެވެ. އެ ދެމީހުންނަށް ތުހުމަތުކުރެވެނީ ގައުމުގެ އެތެރެއިން ޔަހޫދީންނަށް ހަމަލާދޭން ފަސޭހަ ކޮށްދީ ތަންތަނާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހައްޔަރު ކޮށްފައި ވަނީ ފިރިހެނާއި އަންހެނެކެވެ. އެމީހުންނަކީ ކޮސްމެޓިކްސް އެތެރެކުރުމާއި ސެޓެލައިޓް ފޯނު މަރާމާތުކުރުމަށް ކުޑަ ދުއްކާނެއް ހިންގި ތަނަވަސް ދިރިއުޅުމެއް އުޅުނު ބަޔެކެވެ.
މިމީހުން ވަނީ ހަމަލަތައް ދޭން ފެށި ފަހުން ފިލާފައެވެ. ފަހުން މިމީހުން ތިބި ތަން ހޯދައި ބަލައި ފާސްކުރުމުން، މުވާސަލާތީ އާލާތްތަކާއި، ޖީޕީއެސް އަދި ސެޓެލައިޓް ފޯނުތައް ފެނުނެވެ.
ޔަހޫދީންނަށް ޖާސޫސްކޮށްދީގެން އީރާނުން 700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.






