ޕާކިސްތާނުގެ ކްރިސްޓިއަނުންނާއި ހިންދޫންނާއި އަހުމަދީންގެ ދީނީ މައިނޯރިޓީތައް ވަށާލާފައިވަނީ ތަފާތުކުރުމުގެ ގާނޫނުތަކުގެ ސަބަބުން ކަމަށް ޑެއިލީ މިރާ އިން ރިޕޯޓްކޮށްފައިވެ އެވެ.
ޕާކިސްތާންގެ ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ފާސްކޮށްފައިވާ ގާނޫނުތަކުގައި ފާހަގަކޮށްލެވޭ ޕާކިސްތާނުގެ ގާނޫނުލްއުގޫބާތުގެ 295-ސީ މާއްދާގައި އިސްލާމްދީނަށް ފުރައްސާރަކުރާ ކަމަށް ތުހުމަތު ކުރެވޭ ކުށްތަކުގައި މަރުގެ އަދަބު ދިނުން ހިމަނާފައި ވެއެވެ.
ޕާކސްތާންގައި ދީނަށް ފުރައްސާރަ ކުރުމުގެ 300 އަށް ވުރެ ގިނަ ކުފުރުގެ މައްސަލަތައް 2025 ވަނަ އަހަރު ރިޕޯޓްކޮށްފައިވާއިރު، %75 މައްސަލަތަކުގައި ހިމެނެނީ މުސްލިމުންނެވެ. އަދި %20 މައްސލަތަކުގައި އަހުމަދީން ކުށްވެރި ކޮށްފައިވާ ކަމަށް މަދަނީ ޖަމިއްޔާތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޕާކިސްތާންގެ މި ހަރުކަށި ގާނޫނުތަކުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ގިނަ އަދަދެއްގެ އަނިޔާވެރިކަމާއި ޝަރީއަތުން ބޭރުން މީހުން މަރާލުންތައް އިތުރުވަމުންދެ އެވެ.
ޤާނޫނުއަސާސީއަށް ގެނަސްފައިވާ އިސްލާހުތަކުން 1974 ވަނަ އަހަރު ވަނީ އަޙްމަދީންނަކީ ޣައިރު މުސްލިމުން ކަމުގައި ކަނޑައަޅާ ފައެވެ. އަދި އެއަށްފަހު އެމީހުން ބާކީ ކުރުން އިތުރު ވެފައި ވެއެވެ.
ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ހައްގުގެ ހާލަތު މޮނީޓާ ކުރާ ފަރާތްތަކުން އިލްތިމާސް ކުރަނީ ގިނަ ފަހަރަށް މި ކަންކަމަކީ އަމިއްލައަށް ބަދަލު ހިފުމަށް ބޭނުންވާ މީހުން ގާނޫނުތަކުގެ ނާޖާއިޒު ފައިދާނެގުމުން ކުރިމަތިވާ މައްސަލަތައް ކަމަށެވެ.
ޕާކިސްތާނުގެ ދީނީ މައިނޯރިޓީތަކަށް ނިޒާމީ ތަފާތުކުރުންތަކެއް ކުރިމަތިވެފައިވާ ކަމަށް މީޑިއާއިން ރިޕޯޓު ކުރަމުންދާއިރު ސިޔާސީ ޕާޓީތަކުން ދީނީ ފިކުރުގައި ވޯޓު ހޯދުމަށް މީހުން ހިތްހަމަޖައްސައިދިނުމަށް އިސްކަންދޭތީ ބަދަލެއް އަންނާނެ ކަމުގެ އުންމީދު ކުޑަ އެވެ.
މިހާރު ހިނގަމުންދާ މި ފިތުނަވެރިކަމުން ހާމަވެގެންދަނީ ނާޒުކު ޖަމާއަތްތައް ހިމާޔަތް ކުރުމަށްޓަކައި ގާނޫނީ އަދި މުޖުތަމައުގެ އިސްލާހުތަކެއް ގެނައުމުގެ އަވަސް ބޭނުންތެރިކަމެވެ.



