މޯލްޑިވްސް އިމިގްރޭޝަނުން އަދުގެ ޓެކްނޮލޮޖީގެ އެހީގައި ކަނޑު އުޅަނދުފަހަރުގެ ދަތުރުފަތުރު ބެލެހެއްޓުމަށް ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމެއް ބޭނުންކުރަން ފަށައިފިއެވެ. އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، އެ އިދާރާގެ ސީޕޯޓު ޑިވިޜަނުން ވަނީ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައެވެ. މި ނިޒާމުގެ ސަބަބުން މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލުގެ ދުރުމިނަށް ދަތުރުކުރާ އުޅަނދުފަހަރުގެ މަޢުލޫމާތު ވަގުތުން ލިބޭނެއެވެ. މިކަމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އަވަސްވެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މި އައު ނިޒާމުގެ ސަބަބުން އިމިގްރޭޝަނުގެ މަސައްކަތްތައް ފަސޭހަ ވެގެންދާނެކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ކުރިން ކަސްޓަމްސްއާއި އެމްޕީއެލް މެދުވެރިކޮށް އުޅަނދުފަހަރުގެ މަޢުލޫމާތު ހޯދަންޖެހުނު ނަމަވެސް، މިހާރު އުޅަނދުފަހަރުގެ އަޕްޑޭޓް މަޢުލޫމާތާއި، ރާއްޖެ އަންނަ އަދި ފުރާ ގަޑިތައް ސީދާ ލިބޭނެއެވެ. މިފަދަ ނިޒާމުތަކަކީ ދުނިޔޭގެ ފެންވަރުގައި ޕޯޓުތަކުގެ ހިންގުން ހަރުދަނާކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތެކެވެ. މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެ، ފެންވަރު މަތިވެގެންދާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. ޢާޑީ ކަނޑު އުޅަނދުތައް އޮންނަ ހިސާބާއި އެ އުޅަނދު ރާއްޖެ އައިސް އެނބުރި ދާ ގަޑިވެސް މިހާރު ދެނެގަނެވޭނެއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، އެ އިދާރާގެ ސީޕޯޓު ޑިވިޜަނުން ވަނީ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައެވެ. މި ނިޒާމުގެ ސަބަބުން މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލުގެ ދުރުމިނަށް ދަތުރުކުރާ އުޅަނދުފަހަރުގެ މަޢުލޫމާތު ވަގުތުން ލިބޭނެއެވެ.





