އިމްރާން ޚާންގެ ސަރުކާރު ވައްޓާލައި އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން ސަރުކާރުގެ ތަންތަން ހުޅުޖެހުމުގެ މައްސަލާގައި ދައުވާ ކުރި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. 2023 ވަނަ އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ހުޅު ޖެހުމާ ގުޅޭ މައްސަލަތަކުގައި ދައުވާ ސާބިތުވުމުން ޕާލަމެންޓްގެ މަތިގެ، ސެނެޓާއި ދަށުގެ، ނޭޝަނަލް އެސެމްބްލީގެ އިދިކޮޅު ލީޑަރުންނާއި ސުންނީ އިއްތިހާދު ކައުންސިލްގެ މެމްބަރުންގެ ގޮނޑި ވަނީ ގެއްލުވާލާފައެވެ. އޭގެ ތެރޭގައި އިދިކޮޅު ލީޑަރު ހާމިދު ރަޒާ އަދި ޕާކިސްތާން ތަހުރީކޭ އިންސާފްގެ ގާނޫނު ހަދާ މަޖިލީހުގެ އެހެން މެމްބަރުން ހިމެނެއެވެ. މިއެންމެ އިލެކްޝަންސް ކޮމިޝަން އޮފް ޕާކިސްތާނުން މިއަދު ވަނީ ޑިސްކޮލިފައިކޮށްފައެވެ.
2023 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު ޕީޓީއައިގެ ސަޕޯޓަރުން ޕާޓީގެ ބާނީ އިމްރާން ޚާން ހައްޔަރުކުރުމާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ވަނީ ސިަފައިންގެ މަރުކަޒުތަކާއި ދައުލަތުގެ އިމާރާތްތަކުގައި ރޯކޮށްލާފައެވެ. އަދި ލާހޯރު ކޯޕްސް ކޮމާންޑަރުގެ ގެކޮޅަށް ވެސް ހަމަލާދީފައިވެ އެވެ. މި ހަމަނުޖެހުން ހިންގުމާ ގުޅިގެން ޕާޓީގެ އިސްވެރިންނާއެކު އެތައް ހާސް ބަޔަކު ހައްޔަރު ކުރިއެވެ.
މިދިޔަ ހަފްތާގައި ފައިސަލްއާބާދުގެ އެންޓި ޓެރަރިޒަމް ކޯޓަކުން ވަނީ މެއި މި ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ޕީޓީއައިގެ 100 އަށް ވުރެ ގިނަ ލީޑަރުންނާއި އެކްޓިވިސްޓުން 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.



