ގިލްގިޓް-ބަލްޓިސްތާނުގައި ވަކީލުންގެ ހަޅުތާލު 10 މަސް ފުރިއްޖެ

ޕާކިސްތާނުގެ ގިލްގިޓް-ބަލްޓިސްތާނުގެ ވަކީލުން ވަނީ ފަނޑިޔާރުން އައްޔަންކުރުމާއި، ބިމުގެ ގާނޫނަށް ގެންނަންވާ އިސްލާހުތަކާއި، އިދާރީ އޮނިގަނޑު އިސްލާހުކުރުމަށް އެދި ހަޅުތާލެއް ފަށާފައެވެ.މި ހަޅުތާލަށް މިހާރު ވަނީ 10 މަސް ފުރިފައެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށްދާ މި ހަޅުތާލުގެ ސަބަބުން ޝަރުޢީ ނިޒާމު ވަނީ ހުއްޓުމަކަށް އައިސް ފައެވެ. އަދި، 11،000 އަށްވުރެ ގިނަ މައްސަލަ ނުނިމި ކޯޓުތަކުގައި ފުނިޖެހިފައި ވެއެވެ.

ސުޕްރީމް އެޕެލެޓް ކޯޓު ބާ އެސޯސިއޭޝަންގެ ނައިބު ރައީސް އެޑްވޮކޭޓް ޝޭރް އާލަމް ވިދާޅުވި ގޮތުގައި ހައިކޯޓާއި ސުޕްރީމް އެޕެލެޓް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަކީ  މުހިންމު ކަމެކެވެ. މި ދެ ކޯޓުގައި މުހިންމު ދެ މަޤާމު ވަނީ ހުސްވެފައެވެ. "ފުރިހަމަ ބެންޗެއް ނެތި އިންސާފު ޤާއިމުކުރުމަކީ ނުކުރެވޭނެ ކަމެއް،" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް އިސްތިއުނާފު މައްސަލަތަކުގައި ހިމެނޭ މީހުން ޙުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް، އަދިވެސް ޙުކުމު ލިބި ގަތުމަށް އިންތިޒާރު ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 2011 ވަނަ އަހަރު ކޯޓުން ނެރުނު ޙުކުމެއްގައި ކޮންމެ ވަކީލަކަށް އެއް އޭކަރުގެ ބިން ދޭން ނިންމާފައިވާއިރު، މިއަދާ ހަމައަށްވެސް މި ޙުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ. ސަރުކާރުން ކުރިން މިކަމާ ގުޅޭގޮތުން ޔަގީންކަން ދެއްވި ނަމަވެސް، މިހާތަނަށް އަމަލީ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، ވަކީލުން ވަނީ ސަރުކާރުގެ މުހިންމު އިމާރާތްތަކާ ހަމައަށް އިހުތިޖާޖް ގެންގޮސްފައެވެ.

މި ހަޅުތާލުގެ ސަބަބުން ޢާއިލީ، މަދަނީ އަދި ކުލީގެ މައްސަލަތައް ބަލާ ކޯޓުތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. މިހާރު މަދަނީ ކޯޓުތަކުގެ ފަނޑިޔާރުން ދުވާލަކު 100 އަށްވުރެ ގިނަ މައްސަލަ ބަލަމުންދެއެވެ. މި ހާލަތުގައި ވަކީލުން ގޮވާލަނީ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ޚާއްޞަ ކޯޓުތަކެއް އުފެއްދުމަށެވެ.

ހިއްސާ ކުރައްވާ!