ޕާކިސްތާނުން ޓިކްޓިކް ކުޅޭ މީހަކު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ސްވާބީ ސަރަހައްދުން ޓިކްޓޮކް ކުޅެ އުޅޭ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައެވެ. މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ އަންހެނެއް ކަމަށް ހެދިގެން ޓިކްޓޮކަށް ވީޑިއޯ އަޕްލޯޑްކޮށް، ޒުވާނުން މަގުފުރައްދަން އުޅުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. ސްވާބީ ޕޮލިހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، މި މީހާ ވަނީ އަންހެނެއް ކަމަށް ހެދިގެން އެކި ބާވަތުގެ ވީޑިއޯތައް އުފައްދާފައެވެ. އަދި މި ވީޑިއޯތަކުގެ ސަބަބުން މުޖުތަމައުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނ ޓިކްޓިކް ކުޅޭ މީހާ ހައްޔަރު ކޮށްފައި ވަނީ އޭނާގެ އަމަލުތައް ބެލުމަށްފަހު އޭނާއަށް ފާރަލައިގެން ކަމަށެވެ. ޕާކިސްތާނުގެ ޖިނާއީ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ. އަދި އނާއަށް ދައުވާ އުފުލާފައި ވަނީ އާންމު ތަންތާނގައި ބޭއަދަބީ އަމަލުތައް ހިންގާފައިވާ ކަމަށް ބަލައިގެންނެވެ. މި ބާވަތުގެ ކުށުގެ އަދަބަކީ ތިން މަސްދުވަހާ ހަމަސް ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުން ނުވަތަ މި ދެ އަދަބު އެކުގައި ދިނުމެވެ.

ޓިކްޓޮކް ކުޅޭ މީހާ ހައްޔަރުކުރުމަށްފަހު ފުލުހުން ނެގި ވީޑިއޯއެއްގައި އެ ޓިކްޓޮކަރު ވަނީ އަދަބާ ޚިލާފް ވީޑިއޯތައް ހަދައި ޓިކްޓޮކަށް އަޕްލޯޑްކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ. އަދި މީގެ ފަހުން އެފަދަ ވީޑިއޯތައް ނުހަދާނެ ކަމަށް އޭނާ ވަނީ ވައުދުވެފައެވެ.

ހިއްސާ ކުރައްވާ!