ބަލޯޗިސްތާނުގައި ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއް

ބަލޯޗިސްތާނުގެ ބާޣީ ދެ ޖަމާއަތަކުން ޕާކިސްތާނުގެ ސިފައިންނަށް އަމާޒުކޮށް ދިން ޖާނު ގޮއްވާލުމުގެ ހަމަލާތަކުގެ ޒިންމާ ނަގައިފިއެވެ. މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގައި އަމަން އަމާންކަން ގެއްލި، ހަމަނުޖެހުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ބަލޯޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ބުނެފައިވާ ގޮތުގައި، ކެޗް ޑިސްޓްރިކްޓްގައި އެ ޖަމާއަތުގެ ޓއރަރިސްޓުން ދިން ހަމަލާއެއްގައި ކެޕްޓަނެއްގެ އިތުރުން ސިފައިންގެ 8 މީހަކު މަރާލައިފައި ވެއެވެ. ބީއެލްއޭގެ ތަރުޖަމާނު ބުނި ގޮތުގައި، މަންޑްގެ ސަރަހައްދުގައި ސިފައިންގެ އުޅަނދަކަށް ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ގޮވާލުމަށް ހަމަލައެއް ދީފައި ވާނެ އެވެ. މި ހަމަލާގައި ކެޕްޓަން ވަގާރު ކައްކަރު އާއި އިތުރު ސިފައިންގެ 5 މީހަކު މަރުވެފައިވާކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

މި ހަމަލާއަކީ ދެކުނު އަދި މެދު ބަލޯޗިސްތާނުގައި ހިންގަމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ. ބީއެލްއޭ އިން ކުރިން ވެސް ވަނީ ޒަމުރާން، ޓަމްޕް އަދި ކަލާޓްގައި މިފަދަ ހަމަލާތައް ދީފައިވެއެވެ. ސެޕްޓެމްބަރު މަހުގެ ފެށުނީއްސުރެ ޓެރަރިސްޓުންގެ ހަމަލާތަކުގައި 40 އަށްވުރެ ގިނަ ސިފައިން އަދި ފުލުހުން މަރުވެފައިވާކަމަށް ލަފާކުރެވެއެވެ.

މަންޑްގައި ދިން ހަމަލާއާ ގުޅިގެން އިންޓީރިއާ މިނިސްޓަރ މުހްސިން ނަގްވީ ތުރުބަތަށް ޒިޔާރަތްކުރައްވައި ފްރޮންޓިއަރ ކޯޕްސްގެ މައި މަރުކަޒުގައި ބާއްވާފައި އޮތް ސިފައިންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތެވެ.

ބަލޯޗިސްތާން ލިބަރޭޝަން ފްރަންޓް (ބީއެލްއެފް) އިން ބުނެފައިވާ ގޮތުގައި، އާދީއްތަ ދުވަހު ކޮލްވާގެ ޑޮކް ސަރަހައްދުގައި ސިފައިންގެ ގާފިލާއަކަށް ހަމަލާދީ، ދެ ސިފައިން މަރާލައި ފައި ވާނެއެވެ. އެ ހަމަލާގައި ސިފައިންގެ 3 މީހަކަށް ހާނިއްކަވިކަމަށްވެސް ބުނެފައި ވެއެވެ. މި ހަމަލާތަކާ ގުޅިގެން ޕާކިސްތާން ސިފައިން ބުނެފައިވަނީ، ބީއެލްއެފްގެ ސިއްރު މަރުކަޒުތަކަށް އަމާޒުކޮށް މިހާރު އޮޕަރޭޝަންތައް ފަށާފައިވާ ކަމށެެވެ.

ހިއްސާ ކުރައްވާ!