ހާމާސްއަށް ހުތުރު އަރުވަން ޒަޔަނިސްޓް އަރައްބަކު އުޅުމުން ހަމާސްގެ ލީޑަރު ބުނީ ކޭކޭ؟

ހަމާސްގެ ބާނީއެއް ކަމަށްވާ މޫސާ އަބޫ މަރުޒޫޤުއާ އެކު ބަސްދީ ގަތުމެއް ހަމަޖައްސައި އޭނާއަށް ޖެއްސުމަށް ސުއާލު ކޮށްހެދުމުން ޕްރެޒެންޓަށް އެދެވޭ ރައްދެއް ދީފިއެވެ.

މިއިންޓަރވިއު ކުރިއަށް ގެންދިޔައީ އަލްޣަދް ޓީވީގައެވެ. މިއީ ކުރިން ލަންޑަނުން ބްރޯޑްކާސްޓު ކުރުމަށްފަހު މިހާރު މިސްރުން ބްރޯދްކާސްޓް ކުރާ ޒަޔަނިސްޓުންނަށް ސަޕޯޓު ކުރާ މުސްލިމުންގެ ޗެނަލެކެވެ.

މި ޗެނަލުން ހާމާސްގެ ހަރަކާތްތަކާ ބެހޭ ގޮތުން ސުއާލު ކުރުމުން އަބޫ މަރުޒޫގު ބުނީ ހަމާސަކީ ފަލސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށެވެ. އަދި 7 އޮކްޓޯބަރުގައި އިޒްރޭލަށް ދިން ހަމަލައަކީވެސް ފަލަސްޠީނު މިނިވަން ކުރުމުގެ ބައެއްތޯ ސުއާލު ކުރުމުން އަބޫ މަރުޒޫގު ވަނީ ޖެހިލުމެއް ނެތި "ކަލޭ ޖަހަންނަމައަށް ދާންވީ ނޫހޭ" ޕްރެޒެންޓަށް ކުރުދޮށިން ދީފައެވެ.

އަލްޣަދް އަކީ އަރަބި ބަހުން ގެނަސްދޭ ޗެނަލެކެވެ. ޗެނަލްގެ ވެރި ފަރާތަކީ މުހައްމަދު ދަހްލާން އެވެ. ޗެނަލަށް ފަންޑު ކުރަނީ ޔޫއޭއީ އިންނެވެ. ދަހްލާނަކީ ޔޫއޭއީގެ މުހައްމަދު ބިން ޒާއިދުގެ ގާތް ފަރާތެކެވެ.

 

ހިއްސާ ކުރައްވާ!