ޕާކިސްތާން އެންމެ ބަލިކަށި ޕާސްޕޯޓްތަކުގެ ތެރޭގައި

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ 2025 ވަނަ އަހަރުގެ ގްލޯބަލް ރޭންކިންގގައި ޕާކިސްތާނުގެ ޕާސްޕޯޓް ވަނީ 103 ވަނަ ގޮތުގައި ގިންތި ކޮށް ވިދިވިދިގެން 5 ވަނަ އަހަރަށް ދުނިޔޭގެ އެންމެ ބަލިކަށި 4 ވަނަ ޕާސްޕޯޓްގެ ގޮތުގައި ރޭންކް ކުރެވިފައެވެ.

ޔޫކޭ ގައި މަރުކަޒުކޮށްފައިވާ، ރައްޔިތުކަމާއި ރެސިޑެންސީގެ ދާއިރާއިން ޚާއްސަވެފައިވާ ކޮންސަލްޓަންސީ ކުންފުނިން އެކުލަވާލާފައިވާ މި އިންޑެކްސްގައި 199 ޕާސްޕޯޓެއް ވަނީ ވަޒަންކުރެވިފައެވެ. މިގޮތުން ދުނިޔޭގެ 227 މަންޒިލަކަށް ވީޒާ ނުލައި ދަތުރުކުރެވޭ މިންވަރަށް ބަލައިގެން މި ދަރަޖަ ކުރުން ގިންތިކޮށްފައި ވަނީ އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އިއާޓާ) އިން ފޯރުކޮށްދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ޕާކިސްތާނު ޕާސްޕޯޓް ހޯލްޑަރުންނަށް ވީޒާއާ ނުލައި ދަތުރުކުރެވެނީ 31 މަންޒިލަކަށެވެ. އެ ޤައުމުގެ ރޭންކިންގގައި އެއްވެސް ކުރިއެރުމެއް އައިސްފައެއް ނުވެއެވެ. އަދި ޔަމަނާ އެއް ހަމައެއްގައި ގިންތި ކުރެވި އިރާޤު، ސީރިއާ އަދި އަފްޣާނިސްތާނުގެ ކުރިން ޖާގަ ހޯދާފައި ވެއެވެ.

ހިއްސާ ކުރައްވާ!