ޕާކިސްތާނަށް ދިމާވާ އެންމެ ނުރައްކާތެރި 4 ކަމެއް

ޕާކިސްތާނަށް ދިމާވާ އެންމެ ނުރައްކާތެރި 4 ކަމެއް އައު ތަހުލީލެއްގައި ފާހަގަ ކޮށްފިއެވެ. ޕާކިސްތާނުގެ އިޤްތިޞާދާއި، ސިޔާސަތާއި، ސަލާމަތީ ކަންކަމާއި، ކޮރަޕްޝަން ދިމާވާ މި ހަތަރު ބޮޑު މައްސަލައަކީ އެ ޤައުމުގެ ހަތަރު ނުރައްކާތެރި ހަތުރުން ކަމަށް ބުނެ އެވެ.  މިތަޙުލީލު ރިޕޯޓުގައި ޤައުމުގެ ދިގު މުއްދަތުގެ ހަމަޖެހުމަށް މިކަންކަމުން އޮތް ނުރައްކާ ބޮޑުކަމަށް ބުނެއެވެ. މަޝްހޫރު ދަ ފްރައިޑޭ ޓައިމްސް ގައި ޝާއިޢުކުރި މި ތަހުލީލުގައި ބަޔާންކޮށްފައިވަނީ މި މައްސަލަތައް އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ޕާކިސްތާނުގެ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ.

ފުރަތަމަ ކަމަކީ، އިޤްތިޞާދީ ނާޒުކުކަމާއި ސިޔާސީ ބައިބައި ވުމެވެ. ތަހުލީލުގައި ވަނީ ޕާކިސްތާނުގެ އިޤްތިޞާދީ ނާޒުކުކަން ބޮޑު ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ބޮޑު ދަރަންޏަކާއި، އިންފްލޭޝަން މަތިވުމާއި، ބޭރު ފައިސާގެ ރިޒާވް މަދުވުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއަޅާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ސިޔާސީ ގޮތުން ޤައުމު ބައިބައި ވުމުގެ ސަބަބުން މުއައްސަސާތަކަށް އޮތް އިތުބާރު ގެއްލި، ވެރިކަން ބައިބައިވެ، އިޞްލާޙީ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ސަލާމަތީ ނުރައްކާތަކާއި ކޮރަޕްޝަންގެ ނިޒާމީ މައްސަލަ ވެރިކަން ހިންގުމަށް ތާއަބަދު ދިމާވާ ކަމަށް ބުނެއެވެ. ސަލާމަތީ ކަންކަމަށް ބަލާއިރު، ހަނގުރާމަވެރި ހަރަކާތްތަކާއި ސަރަޙައްދީ ހަމަޖެހުން ނެތުމުގެ ސަބަބުން ޤައުމީ ވަސީލަތްތަކަށް ބާރުބޮޑުވަމުން ދެއެވެ. ޢާންމު ރައްޔިތުންގެ އިތުބާރު ސަރުކާރަށް ކުޑަވާކަން ތަހުލީލުގައި ވަނީ ހާމަކޮށްފައެވެ. ހަތަރުވަނަ ހަތުރަކީ، ކޮރަޕްޝަނެވެ. ކޮރަޕްޝަނަކީ ދައުލަތުގެ ޤާބިލުކަން ދަށްކޮށް، އިންވެސްޓްމަންޓް ކުރުމަށް ހިތްވަރު ނަގާލައި، ރައްޔިތުންގެ މެދުގައި ނުރުހުން އުފައްދާ ނިޒާމީ މައްސަލައެއް ކަމަށް އެ ތަހުލީލުގައި ބަޔާންކޮށްފައިވެއެވެ.

މި ހަތަރު ކަންތައް ޕާކިސްތާނުވެ ވެރިކަމުގެ ނިޒާމަށް މޫލާފައިވާތީ ޕާކިސްތާނުގައި ހަމަޖެހުން ނެތުމުގެ ސަގާފަތެއް އުފެދިފައިވާ ކަމަށާއި، މިއީ ޤައުމު އަނބުރާ އިސްލާހު ކުރުމަށް ހުރަސްއަޅާ މައިގަނޑު ކަމެއް ކަމަށް ތަޙުލީލުކުރާ ފަރާތްތަކުން ބުނެއެވެ. ތަހުލީލުގައި ވަނީ، އޮނިގަނޑު އިސްލާހު ކުރުމަށް މަސައްކަތް ކުރުމާއި އެންމެންގެ ރުހުމާއެކު ކުރިއަށްދާ ވެރިކަމެއް ނެތްނަމަ، ޕާކިސްތާނަށް އިތުރު އިޤްތިޞާދީ ހީނަރުކަމާއި އިޖުތިމާޢީ ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!