އިސްލާމްއާބާދު: ކޯޓު ސަރަހައްދުގައި ގޮވުމެއް. 12 މަރު

އިސްލާމްއާބާދުގެ ކޯޓު ސަރަހައްދުގައި މިއަދު އަންގާރަ ދުވަހު ކާރެއް ގޮވުމުން މަދުވެގެން 12 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ގޮވުމުގެ ސަބަބުން އުޅަނދުގައި އަލިފާން ރޯވެގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ކުއްލި ހާލަތުގައުި ހަރަކާތްތެރިވާ ސާވިސްތަކާއި ފުލުހުންގެ ފައުޖެއް ހާދިސާ އައިސްފައި ވެއެވެ. ޒަޚަމްވި މީހުން ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އެތަނުން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުގެ މަސްދަރުތަކުން މީޑިއާތަކަށް ކިޔައިދިނެވެ.

އަދި އެތަނާ ކައިރީގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށާއި ސައިކަލުތަކަށް ވެސް ގޮވުމާއި އަދި އޭގެ ފަހުން ހިނގި އަލިފާނުގެ ހާދިސާގައި އެތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ފުލުހުން ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުްނ ވަނީ އެހިސާބު ބަންދުކޮށް، ގޮވުން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށާފަ އެވެ.

އިސްލާމްއާބާދު ޕޮލިސްގެ އިންސްޕެކްޓަރު ޖެނެރަލް އާއި ޗީފް ކޮމިޝަނަރު ވެސް އެތަނަށް ޒިޔާރަތް ކުރައްވައި، މިހާރު ހިނގަމުންދާ ތަހުގީގުގެ މައުލޫމާތު ހޯއްދަވާފައި ވެއެވެ. މިހާތަނަށް ރަސްމީކޮށް އެއްވެސް ފަރާތަކުން ހަމަލައަށް ޒިންމާ އުފުލާފައެއް ނުވެ އެވެ.

ހިއްސާ ކުރައްވާ!