ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޭރުގެ އިންވެސްޓްމަންޓް އެންމެ މަދުން ލިބޭ ގައުމު

ޕާކިސްތާންގައި 250 މިލިއަން މީހުންގެ ބޮޑު މާކެޓެއް އޮތް ނަމަވެސް، ޕާކިސްތާނަކީ ދެކުނު އޭޝިއާގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޭރުގެ އިންވެސްޓްމަންޓް އެންމެ މަދުން ލިބޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ސަބަބަކީ، ޕާކސިްތާންގެ އިންވެސްޓްމެންޓްގެ މާހައުލުގެ ގޮތް ނޭނގުމާއި މުއައްސަސާގެ ފެންވަރުގައި އްކާތެރިކަން ކުޑަވުމުގެ ސަބަބުން ބޭރާއި އެތެރޭގެ އިންވެސްޓަރުންގެ އިތުބާރު ނިޒާމަށް ކުދަވެފައި ވުމެވެ.

ޕާކސިްތާނުގައި މުދަލުގެ ހައްގުތައް ރައްކާތެރި ކުރުމަށް ނުރައްކާ އޮތް ކަމަށްވެސް ބުނެއެވެ. އެފަދަ އެއް ހާދިސާއަކީ އިސްލާމްއާބާދުގައި ހުންނަ ފާމްހައުސްއެއްގެ ވެރިއަކު ބޭރުގައި އުޅެފައި އެނބުރި އައިއިރު، އޭނާގެ ގޯތި ޤަވާޢިދާ ޚިލާފަށް ވިއްކާލާފައިވުމެވެ. ވަގު ލިޔެކިޔުންތަކެއް ހަދައިގެން އެހެން ބަޔަކު ވަނީ އެ ބިން ފޭރިގެން ފައެވެ. މީޑިއާއިން ބުނަނީ މި ފަދަ މައްސަލަތަ ވަރަށް ގިނަ ކަމަށާއި މިއީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ކަންކަން ކަމަށެވެ.

ބޭންކިންގް އިތުބާރު ގެއްލުމަކީވެސް ބޮޑު މައްސަލައެކެވެ. އެގޮތުން ސިފައިންނަށް ފާޑުކިޔާ ނޫސްވެރިންގެ ބޭންކު އެކައުންޓް ފްރީޒް ކުރެވެއެވެ. އެއަށްވުރެ ބޮޑަށް ހައިރާންވެގެން ރިޕޯޓުކޮށްފައިވާ މައްސަލައަކީ އެފަދަ ނޫސްވެރިއަކަށް މުދާ ވިއްކި ވެންޑަރުގެ އެކައުންޓްވެސް ބްލޮކްކޮށްފައިވުމެވެ. އެ ވެންޑަރުގެ ސިޔާސީ ހަރަކާތުގައި އެއްވެސް ބައިވެރިވުމެއް ނެތް ނަމަވެސް، ދައުލަތުގެ ބާރުގެ ބޭނުން މިފަދަ ގޮތަކަށް ނަހަމަ ގޮތުގައި ކުރުމުގެ ސަބަބުން މާލީ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލޭ ކަމަށް ބުނެއެވެ.

ކޯޓުތަކުގެ މަސައްކަތް ލަސްވުމަކީވެސް އިންވެސްޓަރުންގެ ޝަކުވާއެކެވެ. އެގޮތުން މިލިއަނުން ގުނާލެވޭ މުދަލާބެހޭ މައްސަލަތައް ކޯޓުތަކުގައި ނުނިމި ހުންނަތާ އެތައް އަހަރެއ ްވެފައި ވެއެވެ. އިންވެސްޓަރުން ބޭނުންވަނީ އަވަސް، އަދި ތަންފީޒުކުރެވޭ ޢަދުލު އިންސާފެއް އޮންނަ ނަމަ އިންވެސްޓް ކުރުމަށް ހިތްވަރަކަށް ވާނެ ކަމަށެވެ.

އޭގެ އިތުރުން ސަލާމަތީ މައްސަލަތަކާއި، ސިޔާސީ ހަލަބޮލިކަމާއި، ޤަވާޢިދުތައް ގިނަވުމާއި، ބަލިކަށި އުމްރާނީ ތަރައްޤީގެ ހާލަތުގެ ސަބަބުން މި ނުރައްކާތައް އިތުރުވެއެވެ.

މި ހާލަތުގައި އިންވެސްޓަރުން ދިގު މުއްދަތުގެ މަޝްރޫޢުތަކަށް އިންވެސްޓް ކުރުމުގެ ބަދަލުގައި، ޕާކިސްތާނުގެ ބޮންޑާއި ދަރަނި ގަތުން ފަދަ ރައްކާތެރި ގޮތްތައް އިޚްތިޔާރުކުރަމުން ދެއެވެ.

ހިއްސާ ކުރައްވާ!