ޤުރުއާން ތަފްސީރު އިލްމުވެރިޔާ ޝޭޚް ބާލީ އަފަންދީއާ ބެހޭ ސައިންޓިފިކް ކޮންފަރެންސެއް ބާއްވައިފި

ޤުރުއާން ތަފްސީރާއި ތަޞައްވުފްގައި ބަލްގޭރިއާގެ އެންމެ ފުންނާބު އުސް ދަންނަބޭކަލެއް ކަމަށްވާ ޝައިޚު ބާލީ އަފަންދީގެ ނަޒަރިއްޔާތާ ބެހޭ ޚާއްސަ ސައިންޓިފިކް ކޮންފަރެންސެއް ބާއްވައިފިއެވެ.

މި ކޮންފަރެންސް ބާއްވާފައި އޮތީ ބަލްގޭރިއާގެ ވެރިރަށް ސޯފިއާގެ މެދުތެރޭގައިވާ "ލާގޯޓޯ" ކޮމްޕްލެކްސްގައެވެ.

މި ކޮންފަރެންސްގައި ހުށަހެޅި ކަރުދާސް ތަކަކީ ބާލީ އަފަންދީގެ ދީނީ އަދި ޢިލްމީ މަސައްކަތްތަކާ ބެހޭ ގޮތުން ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ހުށަހަޅާފައިޥާ ކަރުދާސް ތަކެކެވެ.

ބާލީ އަފަންދީއަކީ 16 ވަނަ ގަރުނުގައި އުޅުއްވި ދަންނަބޭކަލެކެވެ. އަދި އޭނާއަކީ ތުރުކީގެ އުސްމާނީ ޚަލީފާ ސުލައިމާން އަލްޤާނޫނީ (ސުލައިމާން ދަ މެގްނިފިސެންޓް) ގެ ގަދަރު ލިބިވަޑައިގެން ހުންނެވި އިލްމުވެރިއެކެވެ.

މި ކޮންފަރެންސް އިންތިޒާމު ކޮށްފައި ވަނީ ސޯފިއާގައި ހުންނަ ރީޖަނަލް މުފްތީގެ އޮފީހާއި ހަޔަރ އިސްލާމިކް އެޑިއުކޭޝަންގައި އުޅޭ ދަރިވަރުންގެ ބަލްގޭރިއަން އެސޯސިއޭޝަންއާއި ހަޔަރ އިސްލާމިކް އިންސްޓިޓިއުޓް ގުޅިގެންނެވެ.

މި ކޮންފަރެންސްގައި ދީނީ އަދި އެކެޑެމިކް މުއައްސަސާތަކުން ބައިވެރިވެފައި ވެއެވެ. އަދި ތުރުކީގެ ޑިޕްލޮމެޓިކް މަންދޫބުންގެ ބައިވެރިވުން ވެސް ފާހަގަ ކުރެވުނެވެ.

ކޮންފަރެންސްގެ ސެޝަންތަކުގައި ޝޭޚް ބާލީ އަފަންދީ ޤުރުއާނު ތަފްސީރު ކުރެއްވުމަށް ގެންގުޅުއްވި މެތޮޑޮލޮޖީ ދިރާސާ ކޮށްފައި ވެއެވެ.

ބާލީ އަފަންދީ ފަސްދާނުލާފައި ވަނީ ސޯފިޔާގެ ކްނިޔާޒެވޯ ޑިސްޓްރިކްޓްގައި ހުންނަ ސެއިންޓް އިލައިޖާ ފައްޅީގެ ގޯތިތެރޭގައެވެ.

އަދި އަފަންދީގެ ޒިޔާރަތަކީ ބަލްގޭރިއާގެ ދީނި އެއްބައިވަންތަކަމުގެ ރަމްޒެއް ކަމުގައި ބަލާފައިވާ ޒިޔާރަތެކެވެ.

ބަލްގޭރިއާގެ 10 އިންސައްތައަކީ މުސްލިމުންނެވެ،.

ހިއްސާ ކުރައްވާ!