ޕާކިސްތާނުން ވަނީ ނާދިރު މައުދަންގެ 8 ޓްރިލިއަން ޑޮލަރުގެ މައުދަން އެގައުމުން ކޮނެގެން ނެގޭބނެ ކަމަށް ބުނެފައެވެ. ޕާކިސްތާނުން ވަނީ ނާދިރު މައުދަންތައް އެމެރިކާއަށްވެސް ސަޕްލައި ކޮށްދީފައެވެ. ޕާކިސްތާނަށް މިއީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި މައްސަލައަކަށް ވާނީ ޕާކިސްތާނުގެ ފެނުމުގެ މުއްސަނދިކަން ދަށްވެފައިވާއިރު މި ކަމުން ނިކުމެދާނެ ތިމާވެށީގެ މައްސަލައެވެ. އަދި އޭގެ އިތުރުން ތިމާވެށި ތަގައްޔަރު ވުމާއި ދިގު މުއްދަތަކަށް ސިއްހީ އަދި އިކޯލޮޖިކަލް ގެއްލުންތަކެއް ލިބުމަކީ މިކަމުން ދިމަވެދާނެ ކަމެއް ކަމަށް ބުނެއެވެ.
ޕާކިސްތާނުގެ ނާދިރު މައުދަންގެ ރެއާރ އާރތް އެލިމެންޓްސްގެ އަގު 8 ޓްރިލިއަން ޑޮލަރަށް ލަފާ ކުރެވޭ އިރު އެއީ 360،000 އަކަކިލޯމީޓަރު ގެ ސަރަހައްދަކުން ކޮނެގެން ނަގާނެ މާއްދާތަކެވެ.
ނާދިރު މައުދަންތަކަކީ، ސްމާޓްފޯނާއި، އިލެކްޓްރިކް ކާރުތަކާއި، އިއާދަކުރަނިވި ހަކަތައާއި، ޑިފެންސް ސިސްޓަމްތަކަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
ނަދިރު މައުދަންތައް ސާފު ކުރާއިރު އޭގެ ކޮންމެ ޓަނަކުން އުފެދޭ ކުނިބުނިން ރޭޑިއޯއެކްޓިވް މާއްދާގެ 2000 ޓަނުގެ ވިހަ ކުނި އުފެދެއެވެ.
ނަދިރު މައުދަން ކޮނެގެން ނަގާއިރު މިސާލަކަށް، ލިތިއަމް ޓަނަކަށް 500،000 ގެލަން ފެން ބޭނުންވާނެ އެވެ. ޕާކިސްތާނަކީ މިހާރުވެސް ވަރަށް ބޮޑަށް ފެނުގެ ދަތިކަން އިހުސާސް ކުރާ ގައުމެކެވެ. އަދި މި ތަކެތި ސާފު ކުރުމުގެ ސަބަބުން އުފެދޭ ކުނިން، ކެންސަރާއި، ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމު ފޭލިވުމާއި، ނާރުތަކުގެ މައްސަލަތަކާ ގުޅުންހުރި ކަންކަމަށް އާނާދީ ހުށަހެޅެއެވެ.
ނާދިރު މައުދަން ކޮނެގެން ނެގުމަކީ، ބިމުގެ ފަސްގަނޑު ރޫޅުމަށްވެސް ދިމާވާ މައްސަލައެކެވެ އެގޮތުން ޕާކިސްތާނުގެ ބިންހެލުން އައުން އާންމު ވެފައިވާއިރު މިކަމުގެ ސަބަބުން އިތުރަށް ހާލަތު ނާޒުކު ވުމަކީ އެކަށީގެންވާ ކަމެކެވެ.
މަޢުދަނުގެ މުއްސަނދިކަމުން ބޮޑު ފައިދާއެއް ލިބުނު ބޮޑު ނަމަވެސް، މައިނިންގ ގެ ސަބަބުން ޖީޑީޕީއަށް ކުރާ ފައިދާ %2 އަށް ވުރެ މަދުވާނެ އެވެ. އަދި އެ ފައިދާގެ ބޮޑު ބަޔަކީ އަބަދުވެސް ގައުމުން ބޭރު ކުންފުނިތަކުން ނަގާ އެއްޗެކެވެ.
މިހުރިހައި ކަމަކަށް ވުރެން ބޮޑަށް ޕާކިސްތާނަށް ދިމާވާނެ އިތުރު ގޮން ޖެހުމަކީ،މިއާ ގުޅިގެނ އުފެދޭ ހަމަނުޖެހުމެވެ. 2025 ވަނަ އަހަރުވެސް ބަލޫޗިސްތާންގައި މައިން ނެގުމުގެ ގާނޫނުގެ ދަށުން މައުދަން ކޮންޓްރޯލް ކުރުމުގެ ބާރު މަރުކަޒީ ސަރުކާރަށް ދިނުމަށްފަހު މުޒާހަރާތަކާ ކުރިމަތިލާން ޖެހުނެވެ.





