އިމްރާން ޚާން އަވަހާރަވިކަމަށް ފަތުރަނީ ދޮގު ވާހަކަތަކެއް

ރާވަލްޕިންޑީގެ އަދިއާލާ ޖަލުގެ ބޭރުގައި ކުރި މުޒާހަރާއެއްގައި އިމްރާންގެ އަންހެން ކޮއްކޮއިންތައް  އަނިޔާވެރި ގޮތަކަށް އަނިޔާކޮށް މަގުމަތީގައި ދަމާކޫއްތާފައިވާ ކަމަށް ރިޕޯޓް ކޮށްފިއެވެ. މިވާހަކަ އައުމުގެކުރިން މީސްމީޑިއާގައި ފެތުރުނީ އިމްރާން ޚާން ޖަލުގައި އަވަހާރަކޮށްފައިވާ ކަމަށެވެ. އަދި އާއިލާއަށް އެނާއާ ބައްދަލުވިޔަ ނުދީގެން އުޅޭ ކަމަށެވެ. ފަހުން އެނގުނު ގޮތުގައި މި ވާހަކަތައް ފަތުރާފައި ވަނީ އަފްޣާނސްތާނުންނެވެ.

އަދިޔާލާ ޖަލުގެ ކުރިމަތީގައި ހަމަނުޖެހުން ހިނގާފައި ވަނީ ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާ އޭނާގެ އަންހެން ކޮއްކޮއިން ބައްދަލު ކުރަން އުޅުމުން އެކަމަށް ފުރުސަތު ނުދިނުމުންނެވެ. އިމްރާން ޚާނަށް އާއިލީ ޒިޔާރަތްތަކަށް ފުރުސަތު ނުދޭތާ މަހަކަށް ވުރެން ގިނަ ދުވަސްވެފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަމަނުޖެހުން އުފެދުނީ، އަލީމާ ޚާންއާއި، ޑރ އުޒްމާ ޚާންއާއި، އަދި ނައުރީން ނިޔާޒީ އަދިއަލާ ޖަލުގެ ބޭރުގައި ސުލްހަވެރިކަމާއެކު އިށީނދެގެން ތިއްބައި ފުލުހުން އެމީހުންނާ ބެހުމުންނެވެ.

އާއިލާއިން ވަނީ ފުލުހުން ކަން ކުރި ގޮތުގ ޝަކުވާ ޕަންޖާބް ފުލުހަށް ހުށަހަޅާފައެވެ.

އިމްރާން ޚާން ޖަލުގައި އަވަހާރަވި ކަމަށް ޚަބަރު ފެތުރުމާއެކު އޭނާގެ ސަޕޯޓަރުންގެ އެތައް ބަޔަކު ޖަލު ކައިރިއަށް އެއްވިއެވެ.

ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ޖަލު ބަންދުގައި ހުންނެވީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެންނެވެ.

ހިއްސާ ކުރައްވާ!