ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 2.01 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ދައްކަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދަ ހޭދަ އުޅުނީ 1.88 ބިލިއަން ރުފިޔާ ގައެވެ.
މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައެޅީ 1.85 ބިލިއަން ރުފިޔާ އެވެ. ނަމވެސް ބަޖެޓު ކުރި ވަރަށް ވުރެން އާސައިންދައިގެ ޚަރަދު ވަނީ 6.7 ޕަސެންޓް އިތުރުވެފަ އެވެ.



