ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އަމާޒުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
މި ޖަގަހަ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްއާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙުމަދު ނާޒިމް އަދި މި އިންތިހާބަށް ކޮންގްރެސް ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ޕީއެންސީން އަންނަނީ ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކަށް ޚާއްސަ ޖަގަހަތައް މާލޭގައި ހުޅުވަމުންނެވެ. މި ޖަގަހަތަކަކީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވިލަރެސްކުރުމަށާއި ސަޕޯޓަރުންނާ ބައްދަލުކުރުމަށް ބޭނުންކުރާ މަރުކަޒުތަކެކެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙުމަދު ނާޒިމް ވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ޚިދުމަތްތަކަށް ތައުރީފު ކުރައްވާފައެވެ. މީގެ އިތުރުން، އަންހެނުންގެ ކުރިއެރުވުމަށް ޕީއެންސީން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އޭނާ އަލިއަޅުވާލެއްވިއެވެ.
ނާޒިމްގެ ވާހަކަފުޅުގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ދުވަސްވަރު ދެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ކުރެވުނު ބަހުސްތަކާއި، އެކަން ބަދަލުވެގެން ދިޔަ ގޮތުގެ ތާރީޚީ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ފަތުރާ ވާހަކަތަކަށް ރައްދު ދެއްވަމުން، އަހުމަދު ނާޒިމް ވިދާޅުވީ، މިކަމުގެ ސަބަބުން ޚަރަދު ކުޑަވެ، ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ. ދުނިޔޭގެ ޤައުމުތަކުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބެއްވުމާ ބެހޭ މިސާލުތައް ދައްކަވަމުން، އިންޑޮނޭޝިއާ، ތުރުކީ، މެކްސިކޯ، އުރުގުއޭ އަދި ސީޝެލްސް ފަދަ ޤައުމުތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން، ޕީއެންސީގެ އިޚުލާޞްތެރި މަސައްކަތްތަކަށް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
PNC Opens Campaign Centre as Local Election Push Intensifies
ރައީސުލްޖުމްހޫރިއްޔާގެ ޒައާމަތުގައި ވެރކަން ހިންގުން ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތްތަކާއި ސިއްޙީ ދާއިރާއަށް ގެންނަވަމުންދާ އިސްލާހީ ބަދަލުތައް ފާހަގަކުރައްވައި، ސަރުކާރުގެ އިޚުލާޞްތެރިކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް ވެސް އަހުމަދު ނާޒިމް ވިދާޅުވިއެވެ.
މިހަފްލާގައި، ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންޖެހޭ ސަބަބުތައް ތަފްސީލުކޮށްދެއްވިއެވެ. އަދި މާލޭގެ މޭޔަރުކަމުގައި ރައީސް މުޢިއްޒު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ސަރުކާރަށް ތާއީދުކުރާ ކައުންސިލެއް އޮތުމުގެ މުހިންމުކަން އޭނާ ބަޔާންކުރެއްވިއެވެ. އެހެންކަމުން، އެންމެން ގުޅިގެން ޕާޓީގެ ރަމްޒު ކަމަށްވާ ދޫންޏަށް ވޯޓު ދިނުމަށް އެދިވަޑައިގެން، މެމްބަރުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމަށް ބާރުއެޅުއްވިއެވެ.
MP Nazim Accuses MDP of Ignoring Its Own Past Support for Same‑Day Elections
މި ހަފްލާއަށް އެ ސަރަހައްދު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެ ތަނަށް ވަޑައިގަތްއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން އެކަމަނާއަށް މަރުޙަބާ ދެންނެވުމަށް އެއްވެ ތިއްބެވެ.
މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި، މައްޗަންގޮޅި ދެކުނު ދާއިރާއަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުންގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.
އިންތިހާބަށް ރައްޔިތުންގެ ތާއީދު ހޯދުމުގެ ގޮތުން ޕީއެންސީން މިހާރު އަންނަނީ މާލޭގައި 'ދޮރުން ދޮރަށް' ހަރަކާތްތައް ވެސް ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. މި ހަރަކާތްތަކުގައި ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސަށް ބޮޑު ތާއީދެއް





