ޓަކަރ ކާލްސަން އަކީ މިއަދު ދުނިޔޭގެ މީޑިއާގައި އެންމެ ނުފޫޒުގަދަ އެއް ނަމެވެ. އޭނާއަކީ މިނިވަންކަމަށް ވާހަކަ ދައްކާ އަދި ޓްރަމްޕްގެ ޚުދު މުޚުތާރު އަދި ޒަޔަނިސްޓުން ކޮންޓްރޯލު ކުރާ ނިޒާމާ ދެކޮޅަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި އަމިއްލައަށް ދައްކުވައިދިން ނަމަވެސް، އޭނާގެ ފަހަތުގައިވާ ހަގީގަތްތަކަށް ބަލާއިރު އޭނާއަކީ އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ނުފޫޒުގަދަ އާއިލާތަކުގެ އުފެއްދުމެއް ކަމަށް ބެލެވޭނެ ގިނަ ހެކިތަކެއް އެބަހުއްޓެވެ.
ޓަކަރ ކާލްސަންގެ ބައްޕަ، ޑިކް ކާލްސަން އަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު ސީއައިއޭ އާ ގާތް ގުޅުމެއް އޮތް 'ވޮއިސް އޮފް އެމެރިކާ' ރޭޑިއޯ ހިންގި ފަރާތެވެ. މި ރޭޑިއޯއަކީ އެމެރިކާގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރި މައިގަނޑު ވަސީލަތެވެ. މީގެ އިތުރުން، ޓަކަރ ކާލްސަން ބޮޑުވެފައިވަނީ އެމެރިކާގެ އެންމެ މުއްސަނދި އާއިލާތަކުގެ ތެރޭގައެވެ. އޭނާގެ ދޮންމަންމައަކީ ވެލާނާ އެއާޕޯޓްގައި އައިސްކްރީމް ވިއްކާ މަޝްހޫރު 'ސްވަންސަން ފުޑް އެމްޕަޔަރ' ގެ ވާރިސެކެވެ. އުމުރުން އެންމެ 14 އަހަރުގައި ބޯޑިންގ ސްކޫލަށް ފޮނުވައިގެން ޖާސޫސީ އިދާރާތަކުން ބޭނުންވާ ފަދަ 'ސްޓްރެޓީޖިކް ސަވައިވަލް' ސަޚްސިއްޔަތެއް ވަނީ ބިނާ ކޮށްފައެވެ.
ޓަކަރގެ ކިޔެވުމުގެ ދުވަސްވަރުން ފެށިގެން އޭނާ ވަނީ އެމެރިކާގެ ސިޔާސީ ނުފޫޒުގަދަ ފަރާތްތަކާ ގުޅިފައެވެ. އޭނާގެ ރޫމްމޭޓް ނީލް ޕަޓޭލް އަކީ ފަހުން ޑިކް ޗޭނީގެ އެއިޑެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އަދި ޓަކަރގެ ފުރަތަމަ ވަޒީފާ ލިބުނީ އެމެރިކާގެ ހަރުކަށި ކަނާތު ފިޔައިގެ ފިކުރު ފަތުރައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ހެރިޓޭޖް ފައުންޑޭޝަން މެދުވެރިކޮށެވެ. މިއީ މުސްލިމުންނާ ދެކޮޅު ކަނާތު ފިޔައިގެ ފިކުރުތައް ފެތުރުމަށް ހާއްސަކޮށް އުފައްދާފައިވާ ތިންކް ޓޭންކެކެވެ. މީގެން ދޭހަވަނީ އޭނާގެ ކެރިއަރު ބިނާވެފައިވަނީ އިއްތިފާގަކުން ނޫން ކަމާއި، އެއީ ރޭވުންތެރިކަމާއެކު ކުރިއަށްދިޔަ ދަތުރެއް ކަމެވެ.
ޖާސޫސީ އިދާރާތަކާ ގުޅުންހުރި ފަންޑިންގ
- ޓަކަރ ކާލްސަން ގެ މީޑިއާ ނެޓްވޯކް އުފެއްދުމަށް ބޭނުންވި 15 މިލިއަން ޑޮލަރުގެ ރައުސްމާލު އޭނާއަށް ލިބުނީ '1789 ކެޕިޓަލް' ކިޔާ މާލީ އިދާރާއަކުންނެވެ.
- މި ކުންފުނީގެ ފަހަތުގައި ހުރީ ސީއައިއޭގެ ފައިސާއިން އުފައްދާފައިވާ ދުނިޔޭގެ އޭއައިގެ ދާއިރާގައި އެންމެ ކުރި އަރާފައިވާ ޖާސޫސީ ކުންފުނި 'ޕަލަންޓިއަރ' ކުންފުނި އުފެއްދި އެކުންފުނީގެ ބާނީ ޕީޓަރ ތީލް އެވެ.
- ޕަލަންޓިއަރ އަކީ ސައޫދީ ޝާހީ ޚާންދާނާއި ޔަހޫދީީ ޖެނޮސައިޑް ރެޖީމާއި އެމެރިކާގެ ދިފާއީ އަދި ޖާސޫސީ ކަންކަމުގައި ބޭނުންކުރާ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުންޏެވެ.
- ޓަކަރ އޭނާގެ މީޑިއާ ޕްރޮގްރާމްތަކުގައި އެމެރިކާއާއި ތްރަމްޕްގެ ވެރިކަމުގެ ނިޒާމަށް ފާޑުކިޔާއިރުވެސް، އޭނާއަށް ފަންޑުކުރާ މިފަދަ ޖާސޫސީ ޓެކްނޮލޮޖީ ކުންފުނިތަކާ ބެހޭގޮތުން އޭނާ ފާޑު ކިޔައެއް ނުހަދައެވެ.
- ޕަލަންޓިއަރ އަކީ ފަލަސްޠީނުގެ ޖެނޮސައިޑްގައި މަރަންވާ ފަލަސްޠީނު މީހާ ހޯދައިދީ އަމާޒު ފައްކާކޮށްދިން ކުންފުންޏެވެ.
ކޮންޓްރޯލް ކުރެވިފައިވާ 'ހަގީގަތް'
ޓަކަރ ކާލްސަންގެ އުކުޅަކީ 'ޕްރެޝަރ ވޭލްވް' ސްޓްރެޓެޖީއެވެ. މީގެ މާނައަކީ އާންމުންގެ އިތުބާރު ހޯދުމަށްޓަކައި ފިއްތުމަށްޓަކައި ބައެއް ހަގީގަތްތައް ހާމަކުރުމެވެ. ނަމަވެސް، އާންމުންގެ ރުޅިވެރިކަން އަސްލު ބާރުވެރި ފަރާތްތަކުގެ ބަދަލުގައި އެހެން ދިމާލަކަށް (މިސާލަކަށް ހިޖުރަވެރިންނަށް ނުވަތަ އެހެން ނޫސްވެރިންނަށް) ހަމަލަ އަމާޒު ކުރުވައެވެ. މިއީ ޖެނޮސައިޑް ރެޖީމާއި އެމެރިކާގެ ޒަޔަނިޒަމަށް މޫލާފައިވާ އަސްލު ނިޒާމު ހިމާޔަތްކުރުމަށްޓަކައި ބޭނުންކުރާ އުކުޅެކެވެ. އޭނާ ޕޫޓިން ފަދަ ލީޑަރުންނާ އިންޓަވިއު ކުރި ނަމަވެސް، އޭނާގެ ފަންޑަރުންނަށް ގެއްލުންވާނެ ފަދަ އެއްވެސް މައުޟޫއަކަށް ބަހެއް ނުބުނާނެއެވެ.
ޓަކަރ ކާލްސަން އަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭ މިނިވަން ނޫސްވެރިއެއް ކަމަށް ދެއްކި ނަމަވެސް، އޭނާގެ މުޅި ހަޔާތާއި، ފައިސާގެ މަސްދަރުތަކާއި، އަދި އޭނާ ގެންގުޅޭ ސިޔާސަތުތަކުން އެނގެނީ އޭނާއަކީ ނިޒާމުގެ ތެރެއިން ފަރުމާ ކޮށްފައިވާ ނިޒާމު ދެމެހެއްޓުމަށް ފައްކާ ކޮށްފައިވާ މީހެއް ކަމެވެ. އޭނާގެ މަސައްކަތަކީ އާންމުންނަށް ފޑު ކިޔުމަށް ފުރުސަތު ދޭކަމުގެ އިހުސާސް ދެމުން، ފޮރުވިގެން ތިބޭ އަސްލު ބާރުވެރިން ހިމާޔަތްކުރުމެވެ.







