Pixabay
Pixabay

ބޮއިން ކުންފުނިން އުފައްދާ ބޯޓުތަކުގެ މަރުކާގެ ކުރިއަށް 7 އަންނަނީ ކީއްވެ؟

ވައިގެ ދަތުރުފަތުރުގެ ދުނިޔޭގައި ބޮއިން ކުންފުންޏަކީ އެންމެ ނުފޫޒުގަދަ އަދި އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. އެ ކުންފުނިން އުފައްދާ ފަސިންޖަރުން އުފުލާ ހުރިހާ ބޯޓުތަކެއްގެ ނަން ފެށެނީ އަދި ނިމެނީވެސް ހަތެއްގެ އަދަދުންނެވެ. މިގޮތުން 707، 737، އަދި 777 ފަދަ މަރުކާތައް ފާހަގަކޮށްލެވެއެވެ. މި ބޯޓުތަކުގެ ކުރިއަށާއި ފަހަތަށް ހަތެއް އަންނަން މެދުވެރިވި ސަބަބަކީ ކުންފުނީގެ ތާރީޚާއި މާކެޓިން ސިޔާސަތާ ގުޅިފައިވާ ވަރަށް ޝައުޤުވެރި ކަމެކެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގެނައި ބަދަލު

ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ހަމައަށް ބޮއިން ކުންފުންޏަކީ މައިގަނޑު ގޮތެއްގައި އަސްކަރީ މަތިންދާބޯޓު އުފައްދަމުންދިޔަ ކުންފުންޏެކެވެ. ނަމަވެސް ހަނގުރާމަ ނިމުމުން، ކުންފުނީގެ އޭރުގެ ރައީސް ނިންމެވީ ވިޔަފާރި ފުޅާކޮށް، މަދަނީ ދަތުރުފަތުރާއި އެހެނިހެން ދާއިރާތަކަށްވެސް އުފެއްދުންތައް ތަޢާރަފްކުރުމަށެވެ.

މި ބަދަލާއެކު، ކުންފުނިން އުފައްދާ ތަފާތު އުފެއްދުންތައް ވަކި ގްރޫޕްތަކަކަށް ބަހާލައި، ކޮންމެ ގްރޫޕަކަށް ޚާއްޞަ ސަތޭކައިގެ ނަންބަރެއް ދިނުމަށް އިންޖިނިއަރުން ނިންމެވިއެވެ. އެގޮތުން ބަހާލެވުނު ބައެއް ބައިތަކަކީ:

  • 300 އަދި 400: މި ނަންބަރުތައް ޚާއްޞަކުރީ ކޮޅުފަސްކޮޅުން ހުޅުވޭ އިންޖީނުލީ ބޯޓުތަކަށެވެ.

  • 500: މި ނަންބަރު ޚާއްޞަކުރީ ބުރަފަތި އިންޖީނުލީ އުފެއްދުންތަކަށެވެ.

  • 600: މި ނަންބަރު ކަނޑައެޅީ ރޮކެޓާއި މިސައިލް ފަދަ އުފެއްދުންތަކަށެވެ.

  • 700: މި ނަންބަރު ޚާއްޞަކުރީ ޖެޓް އިންޖީނު ބޭނުންކުރާ ފަސިންޖަރުން އުފުލާ ބޯޓުތަކަށެވެ.

707ން ފެށުން އަދި މާކެޓިން ސިޔާސަތު

ކުންފުނިން އެންމެ ފުރަތަމަ އުފެއްދި ޖެޓް ފަސިންޖަރު ބޯޓަށް ދޭން ނިންމި ނަމަކީ 700 އެވެ. ނަމަވެސް ކުންފުނީގެ މާކެޓިން ދާއިރާގެ ބޭފުޅުންނަށް ފެނުނީ ހަމައެކަނި "700″ ކިޔުމަށްވުރެ، އަޑުއަހާލަން ފަސޭހަ އަދި މީހުންގެ ހިތްތަކުގައި އަވަހަށް ހަރުލާނެ ފަދަ އަދަދެެއް ދިނުމަށެވެ.

އެހެންކަމުން، މާކެޓިން ޓީމުން އެ ނަމުގެ ފަހަތަށް 7 އިތުރުކޮށް، "707″ ގެ ނަމުން ފުރަތަމަ ބޯޓު ނެރުނެވެ. މި ނަން ވެގެންދިޔައީ އާންމުންގެ މެދުގައި ވަރަށް މަޤްބޫލު އަދި ކަންފަތަށް އަޑުއަހާލަން ރީތި ނަމަކަށެވެ.

މި ކާމިޔާބީއަށްފަހު، ބޮއިން ކުންފުނިން ނިންމެވީ ފަސިންޖަރުން އުފުލާ ހުރިހާ ޖެޓް ބޯޓުތަކެއްގެ ނަމުގެ ކުރިއަށާއި ފަހަތަށް ހަތެއް އިތުރުކުރުމުގެ ސަގާފަތް ދެމެހެއްޓުމަށެވެ. މިއީ މިއަދާ ހަމައަށްވެސް އެ ކުންފުނިން ދުނިޔޭގެ ބާޒާރުގައި އަމިއްލަ ބްރޭންޑް ތަމްސީލުކުރުމަށް ބޭނުންކުރާ އެންމެ ވަރުގަދަ އެއް އުކުޅެވެ.

ހިއްސާ ކުރައްވާ!