ދުނިޔޭގެ ދެ ބިތެއްގައި ދެ ގައުމަކުން ދާދިފަހުން ފާހަގަކުރީި އިހުތިފާލުތަކުން ދެ ގައުމުގެ މީހުންގެ ސަގާފަތާއި އަޚުލާގްގެ ތަފާތާއި ތަހުޒީބުކަން ފެނިގެން ހިނގައްޖެއެވެ. އެއް ބިތަކީ 250 އަހަރުގެ ކުރު ތާރީޚެއް އޮތް، އަމިއްލަ ނަފްސަކީ މިނިވަންކަމާއި ތަހުޒީބުގެ ބާނީ ކަމަށް ދައުވާކުރާ ކިބުރުވެރިއަކު އިސްވެ ހުންނަ އެމެރިކާއެވެ. އަނެއް ބިތަކީ އެތައް ހާސް އަހަރުގެ ތަހުޒީބެއް އޮތް މުއްސަނދި ހަޟާރާއެއްގެ ދިގު ސަގާފަތެއް އޮތް އީރާނެވެ. ނަމަވެސް، މި ދެ ގައުމުން އީދު ފާހަގަކުރި ގޮތުގެ ތަފާތުން މިއަދުގެ ދުނިޔޭގެ ހަގީގީ ސޫރަ ސާފުކޮށްދެއެވެ.
އެމެރިކާ: ބަޑީގެ އަޑާއި ކަރުނައިގެ 250 ވަނަ އަހަރު
ޖުލައި މަހުގެ 4 ވަނަ ދުވަހަކީ އެމެރިކާގެ 250 ވަނަ މިނިވަންދުވަހެވެ. މުޅި ގައުމު އޮތީ ކުލަކުލައިގެ ހަވާއާއި އުފާފާޅުކުރުމުގެ ތެރޭގައެވެ. ނަމަވެސް، މާބޮޑު ފޯރިއެއް ނެތެވެ. އެކަމަކުވެސް އެ އުފާވެރިކަމުގެ ފަހަތުން އިވުނީ ބަޑީގެ އަޑުތަކެވެ. ބައިނަލްއަޤްވާމީ ރިޕޯޓުތައް ބުނާގޮތުން، މި އީދު ބަންދުގެ 3 ދުވަސް އެމެރިކާ ބަދަލުވެގެންދިޔައީ ލޭއޮހޮރުވުމުގެ ދުވަސްތަކަށެވެ.
"ގަން ވައިލެންސް އާކައިވް" ޖަމްއިއްޔާއިން ހާމަކުރި ގޮތުގައި، މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި އެކި ހަރަކާތްތަކުގެ ތެރޭގައި އެކަނިވެސް ބަޑީގެ 20 ހަމަލާއެއް ބަދަލުކުރެވުނެވެ. މިއީ 2021 ގެ ފަހުން ރެކޯޑު މިންވަރެކެވެ. މީގެ ހިތްދަތި ނަތީޖާއަކީ 100 މައުސޫމް އިންސާނުންގެ ފުރާނަ ގެއްލި، 340 އަށްވުރެ ގިނަ މީހުން ޒަޚަމްވުމެވެ. ކުޑަކުދިންނާއި އާއިލާތައް މަގުމައްޗަށް ނިކުތީ އުފާކުރާށެވެ. ނަމަވެސް އެނބުރި ދާންޖެހުނީ ކަފުންވެގެން ނުވަތަ ހޮސްޕިޓަލުގެ އެނދަށެވެ. މިއީ ހަމަހިމޭންކަމެއް ނެތް، ބިރުވެރިކަމުން ފުރިގެންވާ މުޖުތަމައެއްގެ ހަގީގީ ތަސްވީރެވެ.
އީރާން: އަމާންކަމާއި ރައްކާތެރިކަމުގެ ނަމޫނާއެއް
މި ހިތްދަތި ޚަބަރުތަކާ ދިމާލަށް ދުނިޔޭގެ ލޯތައް ހުއްޓިފައި އޮތްއިރު، އީރާނުން ފެނުނީ މުޅިން ތަފާތު، ހިތްހަމަޖެހުމުގެ މަންޒަރެކެވެ. އެ ގައުމުގެ ދިގު ހަޟާރީ ތާރީޚީ ސަގާފަތާއި، އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއްގެ އަމާންކަމެވެ.
އީރާނުގައި ބޭއްވުނު ގަރުނުގެ ބޮޑު އެއްވުމުގައި އިންތިޒާމުގެ ފުރިހަމަ ކަމުން އެއްވެސް ކަހަލަ ނުރައްކާތެރި ހާދިސާއެއް، ފިތިގެން މީހުން މަރުވުން ފޭލިގެތައް ވެއްޓިގެން މީހުން މަރުވުން އަލިފާން އަނދައިގެން މަރުވުން ނުވަތަ ބަޑިޖެހުމުގެ ސަބަބުން މީހަކު މަރުވުމުގެ އެއްވެސް ހާދިސާއެއް ހިނގާފައެއް ނުވެއެވެ. އީރާނުގެ މަގުތަކުން ފެނުނީ އާއިލާތައް އެކުގައި ނިކުމެ، އެއްވެސް ބިރުވެރިކަމެއް ނެތް އަމާން މާހައުލެއްގައި އުފާފާޅުކުރަމުން ދިޔަ މަންޒަރެވެ. ދައުލަތުން ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީފައިވާލެއް ފުރިހަމަކަމުން، ހަތިޔާރުގެ ބިރުވެރިކަމެއް ނެތި ފައި އިނދޭޢ ފުރައިން މީހުން މަގުމަތީގައި ތިއްބެވެ.
އެމެރިކާއިން އެމީހުންގެ ސިޔާސީ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރިއިރު، އެ ގައުމުގެ ރައްޔިތުން ތިބީ އަމިއްލަ މަގުތަކުގައި ހިނގާލަން ބިރުންނެވެ. ހަތިޔާރު ގެންގުޅުމުގެ މިނިވަންކަމުގެ ނަތީޖާއަކީ ކޮންމެ އަހަރަކު އެތައް ހާސް ބައެއްގެ ފުރާނަ ގެއްލުމެވެ.
އަނެއްކޮޅުން، ހުޅަނގުގެ މީޑިއާއިން އަބަދުވެސް ނުބައިކޮށް ސިފަކުރާ އީރާނުން ދެއްކީ ހަގީގީ ތަހުޒީބެވެ.
އެއީ އިންސާނާގެ ފުރާނައަށް އިހުތިރާމްކުރުމާއި، މުޖުތަމައުގެ އަމާންކަމެވެ. ބާރޫދުގެ ވަހާއި ކަރުނައިގެ ތެރެއިން ފާހަގަކުރާ އީދަކަށްވުރެ، ކޮންމެ ރައްޔިތަކަށްމެ ފުރާނައިގެ ސަލާމަތްތެރިކަން ލިބިގެންވާ އެއްވުމެއްގެ އަގު މާ ބޮޑެވެ.







