ހަނގުރާމައިގެ ހާލަތެއް ދެމެހެއްޓުމަށް ޔަހޫދީ ރެޖީމުން ޓްރަމްޕަށް ވަސްވާސް ދެނީ

އީރާނާ ދެކޮޅަށް ހަނގުރާމައިގެ އާ ބުރަކަށް ޔަހޫދީން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތައް އިޒްރޭލުގެ އަސްކަރީ ވެރިން ދީފިއެވެ. ޔަހޫދީ ރެޖީމުން ބުނާ ގޮތުގައި އިޒްރޭލުގެ ސަލާމަތީ ބާރުތައް މިހާރު ވަނީ ފުރިހަމަ ތައްޔާރީ ހާލަތަކަށް ގެނެސްފައި ކަމަށެވެ. އިޒްރޭލުގެ ދިފާއީ ވަޒީރު ބުނަނީ އީރާނާއެކު ހަނގުރާމައިގެ "ތިންވަނަ ބުރަކަށް" ކުރިމަތިލުމަށް ސިފައިން ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށެވެ.

ނަތަންޔާހޫ ވަނީ ޓްރަމްޕާއެކު ފޯނުން ސައްލާ ކޮށްފައެވެ.

ސީއެންއެން އިން ބުނާ ގޮތުން އެންމެ ފަހުން އީރާނަށް އެމެރިކާއިން ދިން ހަމަލަތަކަކީ އިސްރޭލުން ޓްރަމްޕް ދިން ވަސްވާސްއާ ހެދި ދިން ހަމަލަތަކެއް ކަމަށެވެ. ވޯލްސްޓްރީޓް ޖާނަލް ނޫހުން ބުނަނީ އީރާނުން ޓްރަމްޕް ނައްތާލުމަށް ރޭވުންތަކެއް ރާވައިފާ ކަމުގެ މައުލޫމާތު ޔަހޫދީ ރެޖީމުން ވަނީ ޓްރަމްޕަށް ދީފައި ކަމަށެވެ. ސަލާމަތީ ފަރާތްތަުން ދެކޭ ގޮތުގައި މި ފަހުގެ ހަމަލަތަކަކީ އެކަމާ ހެދި ޓްރަމްޕް ދިން ހަމަލަތަކެއް ކަމަށެވެ.

ޔަހޫދީ ރެޖީމްގެ ޗީފް އޮފް ސްޓާފް ބުނަނީ އީރާނާއި ލުބުނާނުގެ ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރު ކުރަމުންދާ ކަމަށެވެ. އަދި ހަމަލަ ދޭން އަމުރު ލިބުމާއެކު ވަގުތުން ހަމަލާ ދިނުމަށް ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ.

އިޒްރޭލު ދަނީ އާންމު އިންތިޚާބަށް ތައްޔާރު ވަމުންނެވެ. މިހާރުގެ ސަރުކާރާއި ނަތަންޔާހޫއާއި އޭނާގެ ކޯލިޝަން ޕާޓްނަރުންގެ މަގްބޫލުކަން ދަށްވަމުން ދިއުމާ އެކު މަސްރަހު ނުތަނަވަސްކޮށް ހަނގުރާމަިއގެ ހާލަތެއް ދެމެހެއްޓުމަކީ ނަތަންޔާހުއާއި އޭނާގެ އައުވާނުންނަށް ފައިދާ ހުރިކަމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!