ލަންޑަންގެ ރިޗްމަންޑް ސަރަހައްދުގައި ހުންނަ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން، އަދި ޚާންގެ ކުރީގެ އަނބިކަނބަލުން ޖަމީމާ ޚާން އަދި ޖަމީމާގެ މައިކަނބަލުން ލޭޑީ އެނަބެލް ގޯލްޑްސްމިތާ އެކު ދިރިއުޅުއްވި ތާރީޚީ ގެކޮޅު ވިއްކުމަށް މާކެޓަށް ނެރެފިއެވެ. މި ގެކޮޅު ވިއްކަނީ 25 މިލިއަން ޕައުންޑުގެ އަގަކަށެވެ.
’އޯމްލީ ލޮޖް’ގެ ނަމުން މަޝްހޫރު، 10 ކޮޓަރީގެ މި ގެކޮޅު ހުންނަނީ ދެކުނު ހުޅަނގު ލަންޑަންގެ ރިޗްމަންޑް ސަރަހައްދުގައި، ރިޗްމަންޑް ޕާކާ ކައިރީގައެވެ. ޖޯޖިއަން ޒަމާނުގެ ކުރީކޮޅު ބިނާކޮށްފައިވާ މި ގެކޮޅަކީ ގާތްގަނޑަކަށް 15،814 އަކަފޫޓުގެ ބޮޑު ބިމެއްގައި ހަދާފައިވާ ގެއެކެވެ. މި ގެކޮޅުގައި 7 ފާޚާނާ، ރީތި ބަގީޗާތަކެއްގެ އިތުރުން ކުޑަ ކޮޓޭޖެއް ވެސް ހިމެނެއެވެ.
މިއީ 2006 ވަނަ އަހަރު ޕާކިސްތާނަށް ކުރިމަތިވި އެންމެ ބޮޑު އެއް ފެންބޮޑުވުމުގެ ހާދިސާއަށްފަހު، އެހީތެރިކަން ހޯދުމަށް ޢިމްރާން ޚާން ޖިއޯ ނިއުސްގެ "ޕުކާރް" ކެމްޕޭނަށް ބޭނުންވާ ޝޯތަކާއި މެސެޖުތައް ބަރާބަރަށް ރެކޯޑު ކުރެއްވި ތަނެވެ.





