ﷲ މަރުގެންނެވި ރިޕަބްލިކަން ސެނެޓަރު ލިންޑްސީ ގްރޭހަމްގެ ބަދަލުގައި ސެނެޓުގެ އެ މަގާމަށް، އޭނާގެ ކޮއްކޮ ޑާލިން ގްރޭހަމް ނޯޑަން ހަމަޖައްސައިފިއެވެ. ގޮނޑު ހުސްވުމަށް ފަހު ދެން ބާއްވާ އެއްމެ އަވަށް އިންތިޚާބަކާ ހަމައަށް ވަގުތީ ގޮތުން ގޮނޑި ފުރާނެ މީހަކު ހަމަޖެއްސުމުގެ ބާރު ގަވަރުނަރަށް ލިބެއެވެ. ސައުތު ކެރޮލައިނާގެ ގަވަރުނަރު ހެންރީ މެކްމާސްޓާ ހޯމަ ދުވަހު ވަނީ ނާލާއިގް ގްރެހަމްގެ ބަދަލުގައި އޭނާގެ ކޮއްކޮ އެ މަގާމަށް އައްޔަން ކުރަން ނިންމާފައެވެ.
މި އަންހެން މީޙާއަށް އެ މަގާމުގައި 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް ހުރެވޭނެއެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ހޯއްދައިފި ނަމަ، އެ މަގާމުގައި ދެމިހުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ.
ލިންޑްސީ ގްރޭހަމްގެ ބަދަލުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ސައުތު ކެރޮލައިނާގައި އަންނަ މަހު ޕްރައިމަރީ އިންތިޚާބެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނޯޑަންއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެވެސް ރުހުން ލިބިފައިވާ މީހެކެވެ. ޓްރަމްޕް ހޯމަ ދުވަހު "ޓްރޫތް ސޯޝަލް" ޕްލެޓްފޯމުގައި ލިޔުއްވި ގޮތުގައި، އޭނާ އައްޔަންކުރުމަކީ "ލިންޑްސީއަށް ދެވޭ ވަރަށް ބޮޑު ގަދަރެއް ކަމަށާއި، ލިންޑްސީ އޭނާ ދެކެ ވަރަށް ލޯބިވާ" ކަމަށެވެ.
ނޯޑަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ "ލިންޑްސީ އަބަދުވެސް ހުރީ އަޅުގަނޑާއެކު، މިހާރު އަޅުގަނޑު ހުންނާނީ އޭނާއާއެކު،" ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، "ލިންޑްސީ،ވަރަށް ހަނދާންވޭ. މި މަސައްކަތް އަޅުގަނޑު ކުރާނަން. މިކަމަށް އަޅުގަނޑު މިހުރީ ފުރިހަމައަށް ތައްޔާރަށް،" ކަމަށެވެ.
1970 ގެ އަހަރުތަކުގެ ތެރޭގައި މި ދެމީހުންގެ މައިންބަފައިން ނިޔާވުމަށްފަހު، ދެމީހުން އުޅުނީ ގާތް ކޮށެވެ.
ސެނެޓަރު ލިންޑްސީ އަކީ ލިވާޠުގެ ގުޅުން ބޭއްވި މީހެއްކަމުން މީހަކާ އިނދެފައެއް ނުވެއެވެ. އޭނާގެ މިލިޓަރީ އިނާޔަތްތައް އޭނާގެ ކޮއްކޮ ޑާލިންއަށް ލިބޭނެ ގޮތަށް ގާނޫނީ ގޮތުން އިންތިޒާމުތައް ހަމަޖައްސަވައިދީފައިއެވެ.
ނޯޑަން މީގެ ކުރިން އެއްވެސް އާންމު މަގާމެއް ފުރފައެއް ނުވެއެވެ. އޭނާ ކުރިން މަސައްކަތްކުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ ދާއިރާގައެވެ. އޭނާއަކީ ދެ ކުދިންގެ މަންމައެކެވެ.





