ރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަނަ އެޅީ ޑިމޮކްރަސީއާ އެކު ކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެއްޖެ

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ހައްދުފަހަނަ އަޅައިގެން ދިޔައީ ޑިމޮކްރަސީގެ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގައި ކުރެވުނު ބަހުސްގެ ތެރެއިން، ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ކޮރަޕްޝަނަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ކަމެއް ކަމަށާއި، ނަމަވެސް ޑިމޮކްރަސީގެ ހިޔަލުގައި އެކަން މިންވަރަކަށް ވުރެ ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.

ރައީސް މައުމޫނުގެ ދުވަސްވަރުވެސް ކޮރަޕްޝަން އޮތީ މޫލާފައވެ. ނަމަވެސް ނިޒާމު އޮތް މަސްހުނި ކަމުންނާއި ބާރުގަދަ ފަރާތްތަކާ ހެދި އެ މައްސަލަތައް ތަހުގީގު ކޮށް ޝަރީއތަަށް އައިސްފައެއް ނުވެއެވެ. އަދި އައީވެސް މަދު މައްސަލަތަކެކެވެ. އޭގެ ތެރޭގައި އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ކޮރަޕްޝަންގެ މައްސަލައާއި ދިދަ އާ ގުޅޭ ކޮރަޕްޝަން މައްސަލަތައް ހިމެނެއެވެ. މިއި މައްސަލަތައްވެސް އޭގެ ހަގީގަތާ ހަމައަށް ވާސިލުވާވަރަށް ތަހގީގެއް ހިންގިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ސިޔާސީ ނިޒާމާއި ކޮރަޕްޝަން

ސަލީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށް ކުރީގެ އެއްވެސް ސަރުކާރަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނެވެ.

"ކޮރަޕްޝަން މިއީ ފެށުނީއްސުރެ އަންނަ އެއްޗެއް. ޑިމޮކްރަސީއޭ ކިޔުނު އެއްޗެއް އައި ފަހުން އެ ހިސާބުން މި ހައްދުފަހަނަ އެޅީ،" އޭނާ ވިދާޅުވިއެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކޮރަޕްޝަންގެ މައްސަލަތައް ހުންނަ ކަމަށާއި، މި މައްސަލަ އެއްކޮށް ނައްތާލުމަކީ ދަތި ކަމެއްކަން ސަލީމް ގަބޫލުކުރެއްވިއެވެ. ނަމަވެސް، ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ކޮރަޕްޝަންގެ މިންވަރު މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރާ މެދު ސުވާލު

މަޖިލީހުގެ ކޮމިޓީތަކުން ކުރާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ސަލީމް ވިދާޅުވީ، މި ދައުރުގައި ކޮރަޕްޝަން ހުއްޓުވަން އެންމެ އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ. އެހެންނަމަވެސް، ކުރިއަށް އޮތްތަނުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރާއްޖޭގައި ނުހައްގުން މުއްސަނދި ވުމަކީ ކޮރަޕްޝަންގެ އެންމެ ބޮޑު ވަސބާ ކަމަށްވާއިރު އެކަމަށް ސަލީމުގެ ވާހަކަ ފުޅުގައި އިޝާރާތެއް ނުކުރައްވައެވެ. ސަލީމްގެ މި ބަހުސްއަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހިންގާ މާލީ މުއާމަލާތްތަކުގެ ޒިންމާދާރުކަމާ މެދު ސިޔާސީ މައިދާނުގައި އުފެދިފައިވާ ބަހުސްގެ އަނެއް ފިޔަވަޅެވެ.

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތަކަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. ހާއްސަކޮށް، ސަރުކާރުގެ މަޝްރޫއުތަކުގައި ހިމެނޭ ކޮރަޕްޝަންގެ ޝަކުވާތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގުތަކުގެ ލަސްކަމާމެދު އާންމުންގެ ފާޑުކިޔުންތައް އަބަދުވެސް އަމާޒުވެއެވެ.

ހިއްސާ ކުރައްވާ!