އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން މިއަދު ވިދާޅުވީ، އީރާނުން މަސައްކަތް ކުރަމުންދަނީ އިމާމް މުޖުތަބާ ޚާމަނާއީގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށާއި، ވޮޝިންޓަނާއެކު ކުރެވޭ ކޮންމެ މަޝްވަރާއެއްގައިވެސް ތެހެރާންގެ ހައްގުތައް ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.
ޕެޒެޝްކިއާން ތަފްސީލުކޮށްދެއްވި ގޮތުގައި، ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ ގުޅިފައިވާ މަސައްކަތްތަކުގެ ތެރެއިން، އެމަނިކުފާނާއި އިރާނުގެ އެންމެ މަތީ ލީޑަރާ ދެމެދު އޮތް މުއާމަލާތްތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
އަދި އިތުރަށް ޕެޒެޝްކިއާން ވިދާޅުވީ، އިސް ލީޑަރާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި، އިރާން މިހާރު އޮތް "ހަނގުރާމައެއް ނޫން އަދި ސުލްހައެއްވެސް ނޫން" ހާލަތު ނިމުމަކަށް ގެންނަންޖެހޭ ކަމަށް އެންމެ މަތީ ލީޑަރާ ފާހަގަކުރެއްވި ކަމަށާއި، އެ ނަތީޖާ ހާސިލުކުރުމަށްޓަކައި ދެބޭފުޅުންގެ ދެމެދުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އިރާނުގެ ރައީސް އިޝާރާތް ކުރެއްވި ގޮތުގައި، ފަހުމުނާމާ ތަންފީޒުކުރުމުގައި އެގައުމުން ވަނީ އުއްމީދުކުރި ވަރަށްވުރެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އަދި ތެޔޮ އެކްސްޕޯޓްކުރުމަށް އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމަށް އިސްކަންދިން ނަމަވެސް، އެމެރިކާއިން ވަނީ އެއްބަސްވުންތަކާ ހިލާފުވެފައެވެ. އަދި އެކަމުގެ ސަބަބުން އެއްބަސްވުންތައް ތަންފީޒުކުރުމަށް ހުރަސްއެޅުނު ކަމަށްވެސް ފާހަގަކުރެއްވިއެވެ.




