އަންގާރަ ދުވަހު ދިން ހަމަލާގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ޖޯޑަންގައިވާ އެމެރިކާގެ އަސްކަރީ އަމާޒުތަކަށާއި ބަހްރޭންގައިވާ އިސްތިރާތީޖީ ވަސީލަތްތަކަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާކަން އިއުލާނުކޮށްފައެވެ. އީރާނުގެ ދިފާއީ އޮފިޝަލުން މި ހަމަލާތައް ސިފަކުރެއްވީ ގައުމީ ސިއާދަތު ރައްކާތެރިކުރުމަށާއި، އީރާނުގެ އެތެރޭގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް އެމެރިކާ ދޭންފެށި ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް ދެވުނު މިން ކުރެވިފައިވާ، ސީދާ ރައްދެއްގެ ގޮތުގައެވެ.
އައިއާރުޖީސީއިން ނެރުނު ބަޔާންތަކުގައިވާ ގޮތުން، އީރާނުގެ ސިފައިން ވަނީ ޖޯޑަންގެ އިންގިމާޝީ ސަރަހައްދީ އިމާ ކައިރީގައިވާ އައްރުކްބާން ސަރަހައްދުގައި އެމެރިކާގެ ސިފައިން އެއްވެ ތިބި މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އަދި އެމެރިކާގެ އަސްކަރީ މުވައްޒަފުންނަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވާނެ ކަމަށް ބުނެއެވެ. އެމެރިކާގެ ދިފާއީ އޮފިޝަލުން ގެއްލުންވި އަދަދު މަދުކޮށް ދެއްކެވި ނަމަވެސް، އީރާނުގެ ކޮމާންޑަރުން ފާހަގަކުރެއްވީ މައިދާނުގެ ހަގީގީ އަސަރު ވޮޝިންގޓަނުން ދުނިޔެއަށް ދައްކާ މިންވަރަށްވުރެ މާ ބޮޑު ކަމަށެވެ.
އައްރުކްބާން އޮޕަރޭޝަންގެ އިތުރުން، އައިއާރުޖީސީއިން ވަނީ ޖޯޑަންގައި ހޯދި އިސްތިރާތީޖީ ކާމިޔާބީތައް ވެސް ފާހަގަކޮށްފައެވެ. އެގޮތުން އެމެރިކާއިން ހިންގާ އަސްކަރީ ބޭސްއެއްގައި ހުރި ކުރިއަރާފައިވާ ވައިގެ ދިފާއީ ރޭޑާ ސިސްޓަމަކާއި، ހޭންގަރުގެ ތެރޭގައި އޮތް އެމެރިކާގެ އެފް-15 ގެ ޖެޓެއް ހަލާކުކޮށްލެވިފައިވާ ކަމަށް ރިޕޯޓުކުރިއެވެ.
އޭގެއިތުރުން، އީރާނުގެ ދާރްކޯވިން ނިއުކްލިއާ ވަސީލަތަށް ދިން ހަމަލާއަށް އެކަށީގެންވާ ސީދާ ރައްދެއްގެ ގޮތުގައި، އީރާނުގެ ސިފައިން ވަނީ ބަހްރޭންގައިވާ އެމެރިކާގެ އެމަޒޯން އިންފްރާސްޓްރަކްޗާ ވަސީލަތްތަކަށް ވަރަށް ސީދާ ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައެވެ. ތެހެރާންގެ ދިފާއީ އެނަލިސްޓުން ފާހަގަކުރި ގޮތުގައި އީރާނުގެ އިސްތިރާތީޖީ އަމާޒަކީ ބޭރުގެ އުދުވާންތަކުން ގައުމީ މުހިންމު އިންފްރާސްޓްރަކްޗާ ދިފާއުކުރުމާއި، ގާބިލު ބިރުދެއްކުމުގެ ބާރެއްގެ ގޮތުގައި ދެމިއޮތުމެވެ.
މި ހަލުވި ފުޅާވުމާ ގުޅިގެން ބައިނަލްއަގުވާމީ ބޮޑު ކަންބޮޑުވުމެއް އުފެދި، ވޮޝިންގޓަނުން ވަނީ އެގައުމުގެ ރައްޔިތުންނަށް ދުނިޔޭގައި އަމާންކަމެއް ނެތް ކަމަށް ބުނެ އިންޒާރެއް ނެރެފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ވަނީ ދުނިޔެއަށް އާންމުކޮށް ސެކިއުރިޓީ އެލާޓެއް ނެރެ، ސަރަހައްދީ ސެކިއުރިޓީގެ ހާލަތު އަންދާޒާކުރަން ދަތިވުމުގެ ސަބަބުން، އެމެރިކާގެ ރައްޔިތުން ފިލައި ތިބުމަށާއި މެދުއިރުމައްޗަށް ނުވަތަ އެ ސަރަހައްދު މަގުން ދަތުރުކުރުމާ މެދު އަލުން ވިސްނުމަށް އިރުޝާދު ދީފައެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި އެމެމެރިކާއާ މެދު މީހުންގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމާ ހެދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ ޑިޕްލޮމެޓިކް އަދި ވިޔަފާރި ވަސީލަތްތަކަށް ނުރައްކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
ނަމަވެސް، އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަނީ އެމީހުންގެ އޮޕަރޭޝަންތައް ބިނާވެފައިވަނީ ސީދާ އަމާޒުތަކަކަށް ހަމަލަ ދިނުމަށް ކަމަށާއި އަދި، އިސްތިރާތީޖީ ގޮތެއްގައި އަދި އަމިއްލަ ދިފާއުގައި ގައުމަށް ލިބިގެންވާ އަސާސީ ހައްގުގެ ދިފައުގެ މައްޗަށް ކަމަށެވެ.



