އިސްލާމީ ޝަރީއާ ތަންފީޒު ކުރުމުން ހިތްހަމަ ނުޖެހިއްޖެ

ސައޫދީގެ އެންމެ ބޮޑު ނޫހުން ލިބިޔާގައި އިސްލާމީ ހައްލެއް ގާއިމް ކުރުމުން އެ ހުކުމް ތަންފީޒުކުރުން ކުށްވެރިކޮށްފިއެވއ.

ސައޫދީ ޝާހީ އާއިލާއާ ގުޅުން އޮންނަ ކަމަށް ބެލެވޭ ޖަރީދަތު އައްޝަރްގުލްއައުސަތު އިން ވަނީ، ޒިނޭގެ ކުށް ސާބިތުވެގެން ލިބިޔާގެ ކޯޓަކުން އަންހެނެއްގެ ގައިގައި ހައްދުޖެހި މައްސަލަ ކުށްވެރިކޮށްފައެވެ.

އެ ނޫހުން އިޚްތިޔާރުކުރި ސުރުޚީ އަކީ އިސްލާމޯފޯބިކް ފްރޭމްކުރުމެއް ކަމަށާ ބުނެ މީސް މީޑިއާގައި ފާޑު ކިޔާފައި ވެއެވެ.

"ޒިނޭގެ ތުހުމަތުގައި އާންމުންގެ ކުރިމަތީގައި އަންހެނެއްގެ ގައިގަގައި ހައްދުޖެހުމުން ލިބިޔާގައި ބޮޑު ބަހުސެއް އުފެދިއްޖެ" މިފަދައިންނެވެ.

"ސަބްހާ ސިޓީގެ މެދުތެރެއިން ދިޔަ ލިބިޔާގެ ބަޔަކަށް ކުއްލި ސޮކެއް ލިބުނީ ކަކޫމައްޗަށް ތިރިވެގެން އިން ބޮލާއި މޫނު ނިވާކޮށްގެން އިން އަންހެނަކު ފެނުމުންނެވެ. އެވަގުތު ޖުޑީޝަލް ޕޮލިސް އޮފިސަރަކު ދިޔައީ ދިގު ޗާބޫކަކުން ތަޅައި އެ އަންހެންމީހާގެ ގައިގައި ހައްދުޖަހަމުންނެވެ." އެ ޚަބަރުގައި ބުނެފައިވެއެވެ.

ޝަރުޢީ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން ހިންގި މިކަމާ ގުޅިގެން، އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި މުޖުތަމައުގެ މެމްބަރުންގެ މެދުގައި ބޮޑު ބަހުސަކާއި އިދިކޮޅު ޚިޔާލުތަކެއް ވަނީ އުފެދިފައެވެ. އައްޝަރުގުލްއައުސަތުން ރިޕޯޓް ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!