ޔަހޫދީ ލީޑަރު: ނަތަންޔާހޫއާއި މިހާރު ފަކުރެއް!

އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި އިދިކޮޅު ސިޔާސީ ލީޑަރު ބެނީ ގާންޓްޒް ހޯމަ ދުވަހު ބުނީ، ހަނގުރާމަ މެނޭޖްކުރުމުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަސައްކަތްތައް ހުރީ ރަނގަޅަށް ކަމަށް ބަލައިގަނެވެން ނެތް ކަމަށެވެ. އަދި މި ހަނގުރާމައިގެ ތެރެއަށް ވަނުމުގައި ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށް އޭނާ ދެކޭ ކަމަށެވެ.

"ޔެޑިއޮތް އަހަރޮނޮތް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާންޓްޒް ބުނީ ހަނގުރާމައިގެ ތެރޭގައި އިސްރާއީލު ސިފައިން ވަރަށް ފުރިހަމަ ގާބިލުކަމެއް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ބޮޑުވަޒީރެއްގެ ދައުރަކީ ހަމައެކަނި ސިފައިން ގެ ކަބްކަން ހިންގުން ނޫން ކަމަށާއި، "އޭނާގެ މައްޗަށް ލާޒިމުވެގެންވަނީ އަހަރެމެންގެ ވަށައިގެންވާ މާހައުލާއި ހާލަތު އުފެއްދުމެވެ."

އޭނާ އިތުރަށް ބުނީ، "އަހަރެމެންގެ ވަށައިގެންވާ ހާލަތު، ހާއްސަކޮށް ދުނިޔެ މިހާރު އޮތީ އަހަރެމެންނާ އެއްކޮޅަށް ނޫން. މިއީ ނަތަންޔާހޫގެ ކާމިޔާބީތަކުގެ ތެރެއިން ހިމެނޭ ކަމެއް ނޫން، އޭނާގެ ފެއިލިއާތަކުގެ ތެރެއިން ހިމެނޭ ކަމެއް،" ކަމަށެވެ.

ގާންޓްޒް ބުނި ގޮތުގައި މިހާރު ދުނިޔޭގެ ލީޑަރުން ނަތަންޔާހޫއާއެކު އިށީންނަން ބޭނުން ނުވާ ކަމަށެވެ.، އަދި އޭނާއަކީ ފަކުރެއް ކަމަށް ބައިނަލްއަގްވާމީ ލީޑަރުން ދެކޭ ކަމަށެވެ.

ހިއްސާ ކުރައްވާ!